Ads by Stelco

ޚަބަރު

"މާވަށުން ނިޔާވި ޒުވާނާއަށް ހަމަލާދިން މީހާއަކީ ކުށުގެ ވެށީގެ މީހެއް ކަމަށް ތުހުމަތުކުރެވޭ"

"މާވަށުން ނިޔާވި ޒުވާނާއަށް ހަމަލާދިން މީހާއަކީ ކުށުގެ ވެށީގެ މީހެއް ކަމަށް ތުހުމަތުކުރެވޭ"

ލ. މާވަށުން ނިޔާވި ޒުވާނާ އަދި ހަމަލާދިން މީހާ

farudhun logo

ފަރުދުން

28 ޖުލައި 2025، 12:18

28 ޖުލައި 2025، 12:18

ލ. މާވަށުން މިއަދު ނިޔާވި ޒުވާނާގެ ގަޔަަށް ވަޅި ޖެހި މައްސަލައިގައި ފުލުހުން ހައްޔަރުކުރި މީހާއަކީ މަސްތުވާތަކެތި  ބޭނުންކުރާ މީހެއް ކަމަށް ތުހުމަތުވާ މީހެއް ކަމަށް ލ. މާވަށު ކައުންސިލުގެ ރައީސް އަޙްމަދު މޫސާ ވިދާޅުވެއްޖެއެވެ.

"ފަރުދުން" އަށް މަޢުލޫމާތުދެއްވަމުން ކައުންސިލު ރައީސް ވިދާޅުވީ މި މައްސަލައިގައި ނިޔާވި ޒުވާނާއާއި އޭނާ ގަޔަށް ވަޅި ޖެހި ފިރިހެންމީހާގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން މި ހާދިސާ ހިނގި ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާއަކީ ބީރައްޓެހި ރަށެއްގެ މީހެކެވެ. އަދި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ބެލެވޭ މީހެއް ކަމަށް ވިދާޅުވެފައިވެ އެވެ. ތުހުމަތުކުރެވޭ މީހާއަކީ ހދ. ނޮޅިވަރަންފަރަށް ނިސްބަތްވާ ފިރިހެނެއް ކަމަށްވެސް މަޢުލޫމާތުދެއްވާފައިވެ އެވެ. މާވަށުގެ ތާރީޚުގައި ވެސް މިފަަދަ ކަމެއް ހިނގާފައިނުވާތީ މިހާދިސާއިން ވަރަށް ބޮޑު ހައިރާންކަމެއް ލިބިގެންދިޔަ ކަމަށް އެނާ ވިދާޅުވިއެވެ. އަދި ރަށުގައި މަސްތުވާތަކެތީގެ މައްސަލަތައް މަދުކަންވެސް ފާހަގަކުރެއްވިއެވެ. 

ކައުންސިލު ރައީސް ވިދާޅުވިގޮތުގައި މި މައްސަލަ ތަހުޤީޤުކުރުމަށް މިހާރު ފުލުހުންގެ ޓީމެއް އެރަށަށް އަންނާނެ ކަމަށް ބުނެފައިވެ އެވެ. 

މި މައްސަލައިގައި ތުހުމަތުކުރެވެނީ އަސަރީ މަންޒިލް/ހދ. ނޮޅިވަރަންފަރު، މުޙައްމަދު އިބްރާހީމް (29އ) އަށް ކަމަށް ފުލުހުން މަޢުލޫމާތުދީފައިވެ އެވެ. ފުލުހުން ބުނީ މިހާރު މުޙައްމަދު އިބްރާހީމް އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން،  މި މާރާމާރީއަކީ ދެމީހެއްގެ މެދުގައި ހިނގާފައިވާ މާރާމާރީއެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްފައިވާކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.  މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 10:12 އެހާކަށްހާއިރު ގައެވެ. 


އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ. ފުލުހުން ބުނީ މި ހާދިސާގައި ނިިޔާވެފައިވަނީ ނަލަހިޔާ/ލ. މާވަށް، މޫސާ އިބްރާހީމް (29އ) ކަމަށެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ ތަހުޤީޤު ކުރަމުންނެވެ. 

 

Ads by MSS

މި ލިޔުން ކިޔާލުމުން