Ads by Stelco

ޚަބަރު

ވެލާނާ އެއާރޕޯޓުގެ އައު ޓާރމިނަލް ހުޅުވުމަށް ބޭއްވި ހަވާ އެރުވުމުގެ ހަރަކާތް ދުނިޔޭގެ ރެކޯޑު ފޮތަށް

ވެލާނާ އެއާރޕޯޓުގެ އައު ޓާރމިނަލް ހުޅުވުމަށް ބޭއްވި ހަވާ އެރުވުމުގެ ހަރަކާތް ދުނިޔޭގެ ރެކޯޑު ފޮތަށް

ވެލާނާ އެއާރޕޯޓުގެ އައު ޓާރމިނަލް ހުޅުވުމަށް ބޭއްވި ހަވާ އެރުވުމުގެ ހަރަކާތް، ފޮޓޯ: އެމްއޭސީއެލް

farudhun logo

ފަރުދުން

27 ޖުލައި 2025، 08:51

27 ޖުލައި 2025، 08:51

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގެ އައު ޓާރމިނަލް ހުޅުވުމަށް މިނިވަންދުވަހުގެ ރޭ ބޭއްވި ޙާއްސަ ރަސްމިއްޔާތުގެ ތެރެއިން އޮތް ހަވާ އެރުމުގެ ހަރަކާތް ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދައިފިއެވެ. 

މިކަން ފާހަގަކޮށް، ގިނިސް ވޯލްޑް ރެކޯޑު ފޮތުން އެކަމުގެ ލިޔުން މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކުރީ، އެ އެއާރޕޯޓުގެ އައު ޓަރމިނަލްގެ ފުރަތަމަ އެއަރލައިންއަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މިއީ އެންމެ ގިނަ ސަރަޙައްދުގައި އެއްފަހަރާ ސިންކްރޮނައިޒްޑް ހަވާ އެރުމުގެ ރެކޯޑެވެ. ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވަނީ މިއުޒިކާއެކު، އެއްފަހަރާ 19 ސަޙައްދެއްގައި ހަވާ އަރުވާފައެވެ. އެގޮތުން ހުޅުލެއާ މާލެ އަދި ހުޅުމާލެ ސަރަޙައްދު ހިމެނޭހެން ހަވާގެ ހަރާކާތް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ވެލާނާ އެއާރޕޯޓުގެ އައު ޓާރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ޖިނިސްގެ 32 މީހުން ވިޓްނަސްއިންގެ ގޮތުގައި ބައިވެރިވެފައިވެއެވެ. މި ފަރާތްތަކުން ވަނީ، ރެކޯޑް ފޮތުގެ ގައިޑިލައިން ފުރިހަމަވާކަން ކަށަވަރުކޮށްފައެވެ. 

ވީއައިއޭގެ ތާރީޚީ އިވެންޓް ކުރިއަށްގެންދިޔައީ ކުލަގަދަ އެތަށް ހަރަކާތްތަކާއެކުގައެވެ. އެގޮތުން ހަވާގެ އިތުރުން ތިއޭޓަރ ޕަރފޯމަންސްއަކާ، ލައިޓް ޝޯވއާއި، ލައިވް ޑްރޯން ޝޯވ ވަނީ ކުރިއަށްގެންގޮސްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން