Ads by Stelco

ޚަބަރު

އައު ޓަރމިނަލްގެ ފުރަތަމަ ފްލައިޓަށް ހޫނު މަރުޙަބާއެއް، ކާމިޔާބްކަމާއި އެކު އޭރޯ ބޯޑިންގ ބުރިޖާއި ކައިރިކޮށްފި

އައު ޓަރމިނަލްގެ ފުރަތަމަ ފްލައިޓަށް ހޫނު މަރުޙަބާއެއް، ކާމިޔާބްކަމާއި އެކު އޭރޯ ބޯޑިންގ ބުރިޖާއި ކައިރިކޮށްފި

މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއަރލައިން އެރޯ ބްރިޖަށް ޑޮކްކުރުމުގެ ތެރެއިން ފޮޓޯ: އެމްއޭސީއެލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 ޖުލައި 2025، 05:11

27 ޖުލައި 2025، 05:11

އައު ޓަރމިނަލްގެ ފުރަތަމަ ފްލައިޓަށް ހޫނު މަރުޚަބާއެއް ކިޔާ ކާމިޔާބްކަމާއި އެކު އޭރޯ ބޯޑިންގ ބުރިޖާއި ކައިރިކޮށްފިއެވެ.ދިވެހިރާއްޖޭގެ ބައިނަލްއަޤްވާމީ މައި ދޮރާށި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޕެސެންޖަރ ޓަރމިނަލް، މޯލްޑިވިއަންގެ އިންޓަރނޭޝަނަލް ދަތުރުތަކަށް މިއަދު ރަސްމީކޮށް ހުޅުވާލައިފިއެވެ. މި ތާރީޚީ ފިޔަވަޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމީ އެއަރލައިނަށް ދެއްވާ ޚާއްސަ އިސްކަމުގެ ދަށުން، އައު ޓަރމިނަލުން ފުރަތަމަ ޚިދުމަތްދޭ އެއަރލައިނަކަށް މޯލްޑިވިއަން ހަމަޖެއްސެވުމުންނެވެ.

ވެލާނާ އެއަރޕޯޓުގެ އައު ޓަރމިނަލުން އެންމެ ފުރަތަމަ ޚިދުމަތް ދިނީ، މިއަދު މެންދުރު ފަހު ގާތްގަނޑަކަށް 100 ފަސިންޖަރުންނާއެކު އިންޑިއާގެ ކޮޗިންއިން ރާއްޖެ އައި މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓަށެވެ. މި ބޯޓު ވެލާނާ އެއާޕޯޓަށް ޖެއްސުމާއެކު ބޯޓަށް ވޯޓާ ސެލިއުޓެއްވެސް ވަނީ ދީފައެވެ. މި ތާރީހީ ފްލައިޓުގައި ހިދުމަތް ދޭންތިބި ކްރޫ އިންވެސް ތިބީ ދިވެހި ހެދުމުގައެވެ. އެގޮތުން އަންހެން ކުރޫއިން ދިވެހި ދިގު ހެދުމުގައި ތިބި އިރު، ފިރިހެން ކްރޫއިން ލައިގެން ތިބީ މުންޑާއި ހުދު ގަމީހެވެ.

ފްލައިޓުން އައި ޕަސިންޖަރުން ޓަރމިނަލަށް ގޮސްފައިވަނީ އޭރޯ ބޯޑިންގ ބުރިޖުގައެވެ. މި ފްލައިޓުން އައި ފަސިންޖަރުންނަށް އައު ޓަރމިނަލުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. ފަސިންޖަރުންނަށް މަރުހަބާ ކިޔުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގައި ދައުލަތުގެ ބައެއް އިސްވެރިންނާއި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެފައިވެއެވެ. އެގޮތުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީންއާއި، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު އަދި ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ހިމެނިވަޑައިގަންނަވައެވެ. އަދި އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދުއާއި، އެމްއޭސީއެލްގެ ޗެއަރޕަރސަންގެ އިތުރުން ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުން އަދި މޯލްޑިވިއަންގެ އިސްވެރިންވެސް ވަނީ ބައިވެރިވެފައެވެ.

މޯލްޑިވިއަންގެ ފްލައިޓް ތަޖުރިބާއަށްފަހު، ޓަރމިނަލް ދެން ހުޅުވާލާނީ އެހެން އެއަރލައިންތަކުގެ ނެރޯ ބޮޑީ ފްލައިޓްތަކަށެވެ. އެއީ ގާތްގަނޑަކަށް 200 ޕެސެންޖަރުންގެ އެއަރކްރާފްޓްތަކެވެ. ނެރޯ ބޯޑީ ފްލައިޓްތައް ރާއްޖެއަށް ބާއްވާ 9 އެއަލައިނެއް މިހާރު ކަނޑައަޅާފައިވާއިރު، މި ފްލައިޓްތަކާއެކު، ގާތްގަނޑަކަށް 3 މަސް ދުވަހު ޓަރމިނަލް ތަޖުރިބާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޓަރމިނަލް އޮރާޓް ނުވަތަ އެއަރޕޯޓުތައް ޚިދުމަތަށް ނެރުމުގެ އޮނިގަނޑުގެ ތެރެއިން ރާއްޖެ އަންނަ ބޮޑެތި އެއަރލައިންތަކަށް ޚިދުމަތް ދޭން ފަށާނެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ރަސްމީކޮށް ހުޅުއްވާ ދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ. އަރިހުގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. އައު ޓަރމިނަލް ހުޅުވުމުގެ ގޮތުން، ޓަރމިނަލް މޮޑެލްއެއް ރައީސުލްޖުމްހޫރިއްޔާއަށް ވަނީ އަރުއްވާފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލަކީ ޒަމާނީ ގިނަ ޚިދުމަތްތަކާއެކު ތަރައްޤީކުރެވިފައިވާ ޓަރމިނަލެކެވެ. އެގޮތުން މި ޓަރމިލަނުގައި ޑިޕާޗަރ ހޯލުގައި 47 ޗެކިން ކައުންޓަރު ހުރެއެވެ. އަދި އަމިއްލައަށް ޗެކިން ކުރެވޭ 6 ސެލްފް ސާވިސް ޗެކިން ކިއޮސްކް ވަނީ ބަހައްޓާފައެވެ. މިއީ އައު ޓަރމިނަލާއެކު މުޅިން އަލަށް ރާއްޖެއަށް ތަޢާރަފްކުރެވޭ ޚިދުމަތެކެވެ.
މީގެ އިތުރުން، އައު ޓަރމިނަލުގައި ސީޕްލޭންއަށް ހާއްސަ 24 ޗެކިން ކައުންޓަރ ޤާއިމް ކުރެވިފައިވެއެވެ. ހަމަމިއާއެކު ޓަރމިނަލުގައި 12 އެއިރޯ ބްރިޖްވެސް ވަނީ ޤާއިމްކޮށްފައެވެ. މިއިން ކޮންމެ އެއިރޯ ބްރިޖަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު އޭސީ ކުރެވިފައިވާ ބްރިޖްތަކެއް ކަމަށާއި މިކަމުގެ ސަބަބުން ފްލައިޓުން މީހުން ބޭލުމަށް ހޭދަވާ ވަގުތު 8 މިނިޓަށް ކުޑަވެގެންދާނެ ކަމަށް އެމްއޭސީއެލްއިން ވަނީ ވިދާޅުވެފައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން