Ads by Stelco

ޚަބަރު

ދޯންޏެއްގައި އެއްޗެއް ގޮވައި ފިހުނު 2 ބިދޭސީންނަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި

ދޯންޏެއްގައި އެއްޗެއް ގޮވައި ފިހުނު 2 ބިދޭސީންނަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ފޮޓޯ:މޯލްޑިވިއަން ޖަރނަލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 ޖުލައި 2025، 03:04

27 ޖުލައި 2025، 03:04

ރޭގެ ވަގުތެއްގައި އއ. މާޅޮހު ފަޅުތެރޭ އޮތް ދޯންޏެއްގައި އެއްޗެއް ގޮވައި ފިހުނު 2 ބިދޭސީންނަށް މިހާރު ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗުން ) ބުނެފިއެވެ.

އއ. މާޅޮހު ފަޅުތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވުމުގެ ސަބަބުން ދެ ބިދޭސީއަކު ފިހިގެން އަނިޔާވިކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ 08:45 އެހާކަށްހާއިރު ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ މައުލޫމާތު ދީފައެވެ. 

އެގޮތުން އެ 2 ބިދޭސީންނަށް މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު ރޭގެ ވަގުތެއްގައި ވަނީ އިތުރު ފަރުވާ ދިނުމަށްޓަކައި މާލެއަށް ގެނެސްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރައްވަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން