Ads by Stelco

ޚަބަރު

ސްރީލަންކާގެ ރައީސް މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

ސްރީލަންކާގެ ރައީސް މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

ސްރީލަންކާގެ ރައީސް އަނުރާ ކުމާރާ ދިސަނަޔަކަ ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 ޖުލައި 2025، 01:30

27 ޖުލައި 2025، 01:30

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށް، ސްރީލަންކާގެ ރައީސް އަނުރާ ކުމާރާ ދިސަނަޔަކަ މާދަމާ ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ވަނީ ވިދާޅުވެފައެވެ.

މި ދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރުފުޅެކެވެ. މިއީ ރައީސް އަނުރާ ކުމާރާ ދިސަނަޔަކަ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު، މަޤާމާ ހަވާލުވެވަޑައިގެންނެވިފަހުން ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުކަމަށް ވެއެވެ.

މި ދަތުރުފުޅުގައި ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު މަތީފަންތީގެ މަޝްވަރާތައް ކުރިއަށްގެންދެވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާއި، ދޭދޭ މުހިންމު ދާއިރާތަކުން މަޝްވަރާތައް ކުރިއަށްގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއެވެ.

ސްރީލަންކާގެ ރައީސް ރާއްޖެ ވަޑައިގަންނަވާ މި ދަތުރުފުޅު ދިމާވަނީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބާއާއެވެ. ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރީ 26 ޖުލައި 1965 ގައެވެ. 

                    

Ads by MSS

މި ލިޔުން ކިޔާލުމުން