Ads by Stelco

ޚަބަރު

މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ރައީސް މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފި

މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ރައީސް މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 ޖުލައި 2025، 07:16

26 ޖުލައި 2025، 07:16

ދިވެހިރާއްޖޭގެ 60 ވަނަ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވުނު ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޝަރަފުވެރިކޮށްދެއްވައިފިއެވެ. ޖުމްހޫރީ މައިދާން ސަރަހައްދުގައި ކުރިއަށްދިޔަ މި ހަރަކާތްތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ދައުލަތުގެ އިސްވެރިން ވަޑައިގެންނެވިއެވެ. މި ހަރަކާތްތަކުގައި އިންޑިޔާގެ ބޮޑުވަޒީރު ހިޒް އެކަސަލަންސީ ޝްރީ ނަރެންދުރަ މޯދީވެސް ބައިވެރިވެވަޑައިގަތެވެ.

މި ހަރަކާތްތައް ފެށިގެންދިޔައީ ރައީސުލްޖުމްހޫރިއްޔާއަށް އެރުވޭ ރިޔާސީ ކުރުނީހުންނެވެ. އޭގެ ފަހުގައި ޤައުމީ ސަލާމަށްފަހު، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި ކެޑޭޓްކޯގެ ޕެރޭޑު ހަރަކާތް ވަނީ ކުލަގަދަކޮށް ކުރިއަށް ގެންގޮސްފައެވެ. މި ދުވަސް ފާހަގަކުރަނީ އިނގިރޭސީންގެ ޙިމާޔަތުން އަލުން އަނބުރާ ދިވެހިންނަށް މިނިވަންކަން ލިބުނު ދުވަސް ކަމަށްވާ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ.
ޖުމްހޫރީ މައިދާނުގައި ކުރިއަށްދިޔަ ހަރަކާތްތަކުގެ ތެރެއިން މާލެ ސަރަހައްދުގެ 4 ސްކޫލެއްގެ ދަރިވަރުންގެ ތަފާތު ހުށައެޅުންތައް ފެނިގެންދިޔައެވެ. މީގެއިތުރުން، ކެލާ ޔޫތު ފޯރަމާއި، މުލީ އެކުވެރިންގެ ދިރުމާއި، ހޭވައްލާ ބޮޑުބެރު ގުރޫޕް ހިމެނޭހެން ތަފާތު ސަގާފީ ހަރަކާތްތައްވެސް ވަނީ ހުށަހަޅާފައެވެ.

ޖުމްހޫރީ މައިދާނުގެ އިތުރުން، މާލޭގެ ބޮޑެތި މަގުތަކުގައިވެސް ދިވެހި އަސްކަރިއްޔާއާއި ޤައުމީ ކެޑޭޓްކޯގެ ޕެރޭޑު ކުރިއަށްދިޔައެވެ. "މަގުމަތީގެ ހިނގާލުން" ގެ ނަމުގައި މި ހަރަކާތްތައް ފެށީ ހަވީރު 16:15 ގައެވެ. މި ހިނގާލުމުގެ ތެރެއިން 4 ސަރަހައްދެއްގައި މަޑުކޮށް، ރާގުތައް ކުޅެފައިވެއެވެ.މި ހަރަކާތްތައް ބަލާލުމަށް ގިނަ އަދަދެއްގެ ޢާންމުން، ކުޑަކުދިންނާއި ބޮޑެތި މީހުންވެސް ވަނީ ގޮސްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން