Ads by Stelco

ޚަބަރު

މި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުމުގެ މުސްތަޤުބަލަށް ސާފު މަގެއް ކަނޑައަޅައިދޭ، މުހިންމު ދަތުރުފުޅެއް: ރައީސް މުޢިއްޒު

މި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުމުގެ މުސްތަޤުބަލަށް ސާފު މަގެއް ކަނޑައަޅައިދޭ، މުހިންމު ދަތުރުފުޅެއް: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ޝްރީ ނަރެންދްރަ މޯދީ ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 ޖުލައި 2025، 06:35

26 ޖުލައި 2025، 06:35

ދިވެހިރާއްޖެ އާއި އިންޑިޔާގެ ގުޅުމުގެ މުސްތަޤުބަލަށް ސާފު މަގެއް ކަނޑައަޅައިދޭ، މުހިންމު ދަތުރުފުޅެއްގެ ގޮތުގައި، އިންޑިޔާގެ ބޮޑުވަޒީރު އެކްސެލެންސީ ޝްރީ ނަރެންދްރަ މޯދީ، ދިވެހިރާއްޖެއަށް ކުރެއްވި ސަރުކާރުގެ ދަތުރުފުޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިފަކުރައްވައިފިއެވެ. ރައީސް މުޢިއްޒު މި ދަތުރުފުޅަށް އިންޑިޔާގެ ބޮޑުވަޒީރަށް ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިއަދު ސޯޝަލް މީޑިއާގައި ކުރައްވި ޕޯސްޓެއްގައެވެ. 

އެމަނިކްފާންގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ ބޮޑުވަޒީރު މޯދީ ދިވެހިރާއްޖެއަށް ކުރެއްވި މި ދަތުރުފުޅުގައި ދެ ޤައުމުގެ އިސްވެރިން ވަނީ ވަރަށް ފައިދާހުރި މަޝްވަރާތަކެއް ކުރައްވާފަކަމަށެވެ. އަދި  މި މަޝްވަރާތަކަށްފަހު، މުހިންމު ދާއިރާތަކުން 4 އެމް.އޯ.ޔޫ  އާއި 3 އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދިވެހިރާއްޖެއާއި އިންޑިޔާއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓެއް  ޤާއިމުކުރުމާ ބެހޭ މަޝްވަރާތައް ފެށުމަށް އިޢުލާނުކުރެވިކަންވަނީ ފާހަގަކުރައްވާފައެވެ.



މި ދަތުރުފުޅުގެ ތެރެއިން، ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ އަހަރީ ދުވަސް، ބޮޑުވަޒީރު މޯދީއާއެކު ފާހަގަކުރެވުނުކަމާއި މީގެ އިތުރުން، ދެ ޤައުމުގެ ރަސްމީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި، ހަނދާނީ ސްޓޭމްޕެއްވެސް ނެރެވިފައިވާކަން ވަނީ ވިދާޅުވެފައެވެ. މި ދަތުރުފުޅުގައި، އިންޑިޔާގެ އެހީގެ ދަށުން ދިވެހިރާއްޖޭގައި ކުރިއަށްގެންދާ މުހިންމު ތަރައްޤީގެ މަޝްރޫޢުތަކެއްވެސް އިފްތިތާޙުކުރެވިފައިވާކަންވަނީ ބަޔާންކުރައްވާފައެވެ.

ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، އިންޑިޔާގެ ބޮޑުވަޒީރު މޯދީ ދިވެހިރާއްޖެއަށް ކުރެއްވި މި ދަތުރުފުޅަކީ، ދިވެހިރާއްޖެ އާއި އިންޑިޔާގެ ގުޅުމުގެ މުސްތަޤުބަލަށް ސާފު މަގެއް ކަނޑައަޅައިދޭ، މުހިންމު ދަތުރުފުޅެއް ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން