Ads by Stelco

ޚަބަރު

ޖަޕާން ބޮޑުވަޒީރުގެ ޚާއްޞަ މަންދޫބު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ޖަޕާން ބޮޑުވަޒީރުގެ ޚާއްޞަ މަންދޫބު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ޖަޕާން ބޮޑުވަޒީރުގެ ޚާއްޞަ މަންދޫބު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 ޖުލައި 2025، 05:18

26 ޖުލައި 2025، 05:18

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އަރިހަށް، ޖަޕާނުގެ ބޮޑުވަޒީރުގެ ޚާއްޞަ މަންދޫބު އަދި ޕާލަމެންޓްރީ ނައިބު ވަޒީރު ހަރ އެކްސެލެންސީ އިކުއިނަ އަކިކޯ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ ޖަޕާނުގެ ވަފުދަށް ހޫނު މަރުހަބާއެއް ދަންނަވައި، ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ހަރަކާތްތައް ބައްލަވާލެއްވުމަށް ވަޑައިގެންނެވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. ޖަޕާނުގެ ޚާއްޞަ މަންދޫބު ވިދާޅުވި ގޮތުގައި ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަކީ އެކަމަނާއަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެކެވެ.

ދެ ބޭފުޅުންގެ މަޝްވަރާތަކުގައި، ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮތް 50 އަހަރަށްވުރެ ދިގު، ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީގެ އިތުރުން، ކާރިސާތަކާ ކުރިމަތިލުމުގެ ޤާބިލްކަން އިތުރުކުރުމާއި، ޓެލެކޮމިއުނިކޭޝަނާއި، އިންސާނީ ވަސީލަތް ތަރައްޤީކުރުން ފަދަ ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ބައްދަލުކުރެއްވުން ނިންމަވާލެއްވުމުގެ ކުރިން ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށެވެ. ޖަޕާނުގެ ޚާއްޞަ މަންދޫބުވެސް ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ޖަޕާނުގެ ސަރުކާރުން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން