Ads by Stelco

ޚަބަރު

މާލެ ސިޓީ އާއި އައްޑޫ ސިޓީގެ އެކި ތަންތަނުން އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ބެލޭނެ އިންތިޒާމު ހަމަޖައްސައިފި

މާލެ ސިޓީ އާއި އައްޑޫ ސިޓީގެ އެކި ތަންތަނުން އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ބެލޭނެ އިންތިޒާމު ހަމަޖައްސައިފި

ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ބެލޭނެ އިންތިޒާމު ހަމަޖައްސައިފައިވާ ބައެއް ތަންތަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 ޖުލައި 2025، 04:34

26 ޖުލައި 2025، 04:34

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ވަގުތުން ބެލޭނެ އިންތިޒާމު މާލެ ސިޓީ އާއި އައްޑޫ ސިޓީގެ އެކި ތަންތަނުގައި ހަމަޖައްސައިފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ އިން ބުނެފިއެވެ.

އެމްއޭސީއެލް އިން ބުނެފައިވަނީ މާލޭގެ އާޓިފިޝަލް ބީޗް، ރާޅު ގަނޑު ސަރަހައްދު، ލޮނުޒިޔާރަތް ޕާކުގެ ބީޗް އޭރިއާ އަދި ރަސްފަންނުގައި ރަސްމިއްޔާތުގެ މަންޒަރުތައް ވަގުތުން ބަލާލެވޭނެ އިންތިޒާމް ހަަމަޖައްސައިފައިވާ ކަމަށެވެ.

ހަމަ މިއާއިއެކު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ޕާކާއި ހުޅުމާލެ ސެންޓްރަލް ޕާކުގައިވެސް އެއިންތިޒާމް ވަނީ ހަމަޖައްސައިފައެވެ. މީގެއިތުރުން ވިލިމާލޭ ފެރީ ޓާމިނަލްގައިވެސް އެއިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.

އައްޑޫ ސިޓީ ފޭދޫ ބަނދަރު ސަރަހައްދުގައި ވެސް ރަސްމިއްޔާތުގެ މަންޒަރުތައް ފެންނާނެ އިންތިޒާމު ވަނީ ހަމައްޖައްސައިފައެވެ. 

އައުޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭގެ ވަގުތެއްގައެވެ. މި ކަމާއި ގުޅިގެން މާލޭގެ ވަށައިގެން 19 ސަރަހައްދެއްގައި ހަވާ އެރުވުމަށްވެސް ވަނީ ހަމަޖެހިފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން