ޚަބަރު
މިނިވަންދުވަހުގެ ހަރަކާތްތަކާ ގުޅިގެން މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރި ކުރުން ބާޠިލް ކޮށްފި

ގްރޭޓަރ މާލެ. ފޮޓޯ: އިންޓަރނެޓް
މިނިވަންދުވަހުގެ ހަރަކާތްތަކާ ގުޅިގެން މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރި ކުރުން ބާޠިލް ކޮށްފައިވާ ކަމަށް ދަތުރުފަތުރާ ވައިގެ އުދުހުންތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ދިވެހިރާއްޖޭގެ 60 ވަނަ މިނިވަންދުވަހާ ގުޅިގެން 2025 ޖުލައި 25، 26 އަދި 27 ގައި ގިނަ ހަރަކާތްތަކެއް ގްރޭޓަރ މާލެ ސަރަޙައްދުގައިބޭއްވުމަށް ސަރުކާރުން ވަނީ ނިންމަވާކަމަށް ބުނެ ނެރެފައިވާ އިޢުލާނު ބާތިލް ކުރި ކަމަށް ބުނެ އެވުޒާރާއިން ވަނީ އެކްސް ގައި ޕޯސްޓެެއް ކޮށްފައެވެ.
އެވުޒާރާއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެއިޢުލާނު ބާތިލްކޮށްފައިވީ ނަމަވެސް ދިވެހި ފުލުހުންގެ ޚިދުމަތުންނާއި އެހެނިހެން މުއައްސަސާތަކުން މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން ބަންދުކޮށްފައިވާ ސަރަޙައްދުތަކުގައި، އެއްގަމު އުޅަނދު ދުއްވުމަކީ މަނާކަމެއް ކަމުގައެވެ.
މިނިސްޓްރީގެ ނަންބަރު (IUL)472/472/2025/83 (24 ޖުލައި 2025) އިއުލާން މިހާރު ބާތިލް ކޮށްފައިވާ ކަމުގައި ދަންނަވަމެވެ. އެހެން ނަމަވެސް ދިވެހި ފުލުހުންގެ ޚިދުމަތުންނާއި އެހެނިހެން މުއައްސަސާތަކުން މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން ބަންދުކޮށްފައިވާ ސަރަޙައްދުތަކުގައި، އެއްގަމު…
— Ministry of Transport and Civil Aviation (@MoTCAmv) July 26, 2025
މިނިވަންދުވަހާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާއިރު މިއަދު ހަވީރު މާލޭގެ މަގުތަކުގައި ސިފައިންގެ ހެވިކަމުގެ ހަރަކާތްތައް ކުރިއަށްދާނެއެވެ.