Ads by Stelco

ޚަބަރު

އައު ޓާމިނަލް ހުޅުވުމުގެ ހަރަކާތްްތަކަށް ހުޅުލޭ އުތުރު ނެރު ވަގުތީގޮތުން ބަންދުކުރަނީ

އައު ޓާމިނަލް ހުޅުވުމުގެ ހަރަކާތްްތަކަށް ހުޅުލޭ އުތުރު ނެރު ވަގުތީގޮތުން ބަންދުކުރަނީ

ބަންދުކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު ދައްކުވައިދޭ މެޕް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 ޖުލައި 2025، 11:28

25 ޖުލައި 2025، 11:28

އައު ޓާމިނަލް ހުޅުުވުމުގެ ހަރަކާތްތަކަށް ހުޅުލޭ އުތުރު ނެރު ވަގުތީގޮތުން ބަންދުކުރާނެކަމަށް މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ އިން ބުނެފިއެވެ.

އެމްއޭސީއެލް އިން ނެރުނު އެނައުސްމެެންޓެއްގައި ބުނެފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހުޅުވުމުގެ ތައްޔާރީތަކާއި ގުޅިގެން 26 ޖުލައި 2025 ގެ ހެނދުނު 5:30 އިން އިރުއޮއްސި 7:00 އަށް ހުޅުލޭގެ ފަޅަށް ވަދެ ނުކުތުމަށް ބޭނުންކުރާ ނެރު ބަންދުކުރެވޭނެ ކަމަށެވެ.

 އަދި މިވަގުތު ހުޅުލެއަށް ވަނުމަށް ދެކުނު ނެރުނު އަދި ނުކުތުމަށް މެދުގައިވާ ނެރު ބޭނުން ކުރެވޭނެ ކަމަށްެވެސް އެމްއޭސީއެލް އިން ބުނެފައިވެއެވެ.

އެމްެއޭސީއެލް އިން ވަނީ މިކަމުގެ ސަބަބުން ނެރު ބޭނުންކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން