ޚަބަރު
މާފަރު ޞިއްޙީ މަރުކަޒަށް އެނދު އިިތުރުކުރަނީ

މާފަރު ޞިއްޙީ މަރުކަޒު ތަރައްޤީކުރަން އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތު

ފަރުދުން
24 ޖުލައި 2025، 03:46
24 ޖުލައި 2025، 03:46
މާފަރު ޞިއްޙީ މަރުކަޒަށް އެނދު އިިތުރުކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ނ. މާފަރު ރައްޔިތުން އެދުނުގޮތަށް މާފަރު ޞިއްޙީ މަރުކަޒު އިމާރާތުގައި 21 އެނދުގެ ޖާގަ ހުންނަވަރަށް ތަރައްްޤީކުރުމަށް ހެލްތު މިނިސްޓްރީން އެއްބަސްވެފައިވެ އެވެ. މިނިސްޓްރީން މި އެއްބަސްވުން އެކުލަވާލާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިލަދުންމަޑުލު ދެކުނުބުރިއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި އެއްބަސްވުމުގެ ދަށުން މަރުކަޒުގެ އެނދުގެ ކެޕޭސިޓީ 3 އިން 21 އަށް އިތުރުކުރުމަށް ހަމަޖެހިފައިވެ އެވެ.
މާފަރު ޞިއްޙީ މަރުކަޒުގައި ހަތަރު އެނދުގެ ވޯޑެއް އެޅުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި ސަރުކާރުން ފުރަތަމަ ހަވާލުކުރީ ޖުލައި 20 ވަނަ ދުވަހުގައެވެ.
ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހިމްއެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ނަޖާހެވެ.
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ އިތުރު މަސައްކަތްތަކުގެ ތެރޭގައި ނަރުހުންގެ ސްޓޭޝަނަކާއި، މީޓިން ހޯލަކާއި، ޕަބްލިކް ހެލްތު ޔުނިޓެއް، އަދި ޕޯޓިކޯއެއް ތަރައްގީކުރުން ހިމެނެއެވެ.
މިއީ ރައީސް މާފަރު ރައްޔިތުންނާއި ބައްދަލުކުރެއްވި ޖަލްސާގައިވެސް އެރަށު ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް އެކަން ކޮށްދެއްވާނެ ކަމަށް ރައީސް އިޢުލާންކުރައްވާފައި އޮތް ކަމެކެވެ. މިއަދު ރައީސްގެ ދަތުރުފުޅު ނިންމަވާފައި ފުރާވަޑައިގަތުމުގެ ކުރިން މިކަން ހަމަޖައްސަވާފައި އަނބުރާ މާލެ ވަޑައިގަތްކަން ފާހަގަކޮށްލަންޖެހެއެވެ.