Ads by Stelco

ޚަބަރު

ރައްޔިތުންގެ އެދުމާއި އެއްގޮތަށް މާފަރު ސިއްޙީ މަރުކަޒުގެ ބެޑް ކެޕޭސިޓީ 21އަށް، އެއްބަސްވުމުގައި ސޮއިކޮށްފި

ރައްޔިތުންގެ އެދުމާއި އެއްގޮތަށް މާފަރު ސިއްޙީ މަރުކަޒުގެ ބެޑް ކެޕޭސިޓީ 21އަށް، އެއްބަސްވުމުގައި ސޮއިކޮށްފި

ނ. މާފަރު ރައްޔިތުން އެދުނު ގޮތަށް އެރަށު ސިއްޙީ މަރުކަޒުގެ ބެޑް ކެޕޭސިޓީ 21އަށް ބަދަލުކުރުމަށް ނިންމާ، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 ޖުލައި 2025، 12:30

24 ޖުލައި 2025، 12:30

ނ. މާފަރު ރައްޔިތުން އެދުނު ގޮތަށް އެރަށު ސިއްޙީ މަރުކަޒުގެ ބެޑް ކެޕޭސިޓީ 21އަށް ބަދަލުކުރުމަށް ނިންމާ، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި މަސައްކަތް ކުރިއަށް ގެންދާނީ ދިވެހިރާއްޖޭގެ ކަރަންޓާއި ފެނުގެ ޚިދުމަތް ފޯރުކޮށްދޭ ދައުލަތުގެ ކުންފުނި، ފެނަކަ ކޯޕަރޭޝަނުންނެވެ.

މާފަރު ސިއްޙީ މަރުކަޒުގެ މިހާރުގެ ބެޑް ކެޕޭސިޓީއަކީ 3 އެނދެވެ. ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމަށްޓަކައި މިމަހުގެ 20 ވަނަ ދުވަހު ފެނަކައާ ހަވާލުކުރިއިރު، އެއީ 4 އެނދުގެ ވޯޑެއް ތަރައްޤީކުރުމުގެ މަސައްކަތެވެ. ނަމަވެސް އެރަށުގެ ރައްޔިތުން ވަނީ ސިއްޙީ މަރުކަޒުގެ ބެޑް ކެޕޭސިޓީ އިތުރުކޮށްދިނުމަށް ސަރުކާރުގައި އެދިފައެވެ.

މާފަރަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، މާފަރު ސިއްޙީ މަރުކަޒުގެ ބެޑް ކެޕޭސިޓީ ރައްޔިތުން އެދުނު ގޮތަށް އިތުރުކޮށްދެއްވާނެކަމަށް އިޢުލާން ކުރައްވާފައެވެ. އެއާއެކު ރައީސްގެ ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން، މި މަސައްކަތް ކުރުމަށް ފެނަކަ ކޯޕަރޭޝަނާއި ވަނީ ހަވާލުކުރައްވާފައެވެ.

މިކަމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހިމެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާޙެވެ.

ސިއްޙީ ވުޒާރާއިން ވިދާޅުވާ ގޮތުގައި މާފަރު ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން ނާސް ސްޓޭޝަނާއި މީޓިންގ ހޯލާއި ޕަބްލިކް ހެލްތު ޔުނިޓް ތަރައްޤީކުރުމުގެ އިތުރުން ޕޯޓިކޯއެއް ޤާއިމްކުރެވޭނެއެވެ. މިކަމުގެ ސަބަބުން މާފަރާއި އެހިސާބުގެ ރަށްރަށުގެ ރައްޔިތުންނަށް ލިބިލައްވާ ސިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާވެ، ފަސޭހަވެގެންދާނެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން