Ads by Stelco

ޚަބަރު

ނ. ޅޮހީ ފިޓްނެސް ސެނަޓަރާއި އައުޓްޑޯރ ޖިމް ގެ ބިންގާ އަޅުއްވައިފި

ނ. ޅޮހީ ފިޓްނެސް ސެނަޓަރާއި އައުޓްޑޯރ ޖިމް ގެ ބިންގާ އަޅުއްވައިފި

ޅޮހީ އައުޓްޑޯރ ޖިމް ގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު

farudhun logo

ފަރުދުން

24 ޖުލައި 2025، 11:28

24 ޖުލައި 2025، 11:28

ނ. ޅޮހީގައި ތަރައްޤީ ކުރަން ހަމަޖެހިފައިވާ ފިޓްނެސް އެންޑް ރިކްރިއޭޝަނަލް ސެންޓަރާއި، އައުޓްޑޯރ ޖިމް ގެ މަސައްކަތް ރަސްމީގޮތެއްގައި އިފުތިތާޙު ކުރައްވައިފިއެވެ. މިކަމުގެ ރަސްމިއްޔާތު މިއަދު ކުރިއަށް ގޮސްފައި ވަނީ، ނ. ޅޮހީގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ޙުޟޫރުގައެވެ.

މާޅޮސްމަޑުލު ދެކުނުބުރީ ޅޮހީގެ ރައްޔިތުންނާ މުޚާޠަބުކުރައްވަމުން، ޅޮހީގެ ކުރިއެރުމާއި ތަރައްޤީ އަށް ނުހަނު މުހިންމު މަޝްރޫޢު ތަކެއް ރޭވިފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މިގޮތުން، ދުޅަހެޔޮކަމާއި މުނިފޫހިފިލުވުމުގެ ދާއިރާ އިން މިއަދު ބިންގާ އެޅިގެން ދިޔަ ދެ މަޝްރޫޢު ފާހަގަ ކޮށްލެވެއެވެ. މި ދެމަޝްރޫޢުގެ ރަސްމިއްޔާތުގައި ވެސް، ޢިމާރާތުގެ ބިންގާ އަޅުއްވާފައިވަނީ ކުޅިވަރާއި، ހަށިހެޔޮކަމާ ބެހޭ ވަޒިރު ޢަބްދުﷲ ރާފިޢު އެވެ. މި ދެ މަޝްރޫޢުގެ މަސައްކަތްތައް ޢަމަލީ ގޮތުން ފަށަން ތައްޔާރުވެފައިވާ އިރު، ސަރުކާރުގެ ތަޞައްވުރަކީ ރާއްޖޭގެ އާބަދުވެފައިވާ އެނެމެހައި ރަށްތަކުގައި ޞިއްޙަތާއި މުނިފޫހިފިލުމުގެ ވަޞީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ޤާއިމްކުރެވިގެން ދިއުމެވެ.

ރައީސް މިއަދު ޅޮއްސަށް ކުރެއްވި ޒިޔާރަތްފުޅަކީ، ނޫނު އަތޮޅުގައި އެމަނިކުފާނު ސިލްސިލާ ގޮތެއްގައި ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރެއިން 13 ވަނަ ރަށެވެ. ރައީސުލްޖުމްހޫރިއްޔާ ޅޮއްސަށް ޒިޔާރަތްކުރެއްވުމާއެކު، އެމަނިކުފާނުގެ ނޫނު އަތޮޅުގެ ރަސްމީ ދަތުރުފުޅު ނިމުމަކާ ހަމައަށް ވާޞިލްވީއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން