Ads by Stelco

ޚަބަރު

ޅޮހީގެ ތަރައްޤީއަށް މުހިންމު ކަންކަން ކައުންސިލުން ރައީސާ ހިއްސާކުރައްވައިފި

ޅޮހީގެ ތަރައްޤީއަށް މުހިންމު ކަންކަން ކައުންސިލުން ރައީސާ ހިއްސާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ނ.ޅޮހީ ކައުންސިލާއި އ.ތ.މ ކޮމިޓީ އާއި ބައްދަލު ކުރެއްވުން

މިންނާ ޢަބްދުލްޙަކީމް

މިންނާ ޢަބްދުލްޙަކީމް

24 ޖުލައި 2025، 11:23

24 ޖުލައި 2025، 11:23

ނ. ޅޮހީގެ ތަރައްޤީއަށް މުހިންމު ކަންކަން ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި ހިއްސާކުރައްވައިފިއެވެ.

ކައުންސިލުން މިކަންކަން ރައިސާ ހިއްސާކުރެއްވީ ޅޮހީ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށު ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވުމަށް ބޭއްވި ބައްދަލުވުމުގައެވެ.  މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މިލަދުންމަޑުލު ދެކުނުބުރީ ޅޮހީ ސްކޫލްގައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް ވަނީ ރައްޔިތުންނަށް ބޭނުންކުރެވޭ ގޮތަށް ޅޮހީ އިހުތިސޯސްގައި ގޯންބިލިވާދޫ ހިމަނައިދެއްވުމާއި ބަނދަރުގެ ނެރު ބަދަލުކޮށް ފަސޭހަ ފަޅެއްގެ ގޮތުގައި ހެދުމުގެ މުހިންމުކަމުގެ އިތުރުން އޮޑި އެހެލާ ސަރަހައްދުވެސް ބަނދަރާއެކު ހިމެނިގެން މަސައްކަތް އަވަސްކުރުމުގެ މުހިންމުކަން ހިއްސާކުރައްވާފައެވެ. 

މީގެ އިތުރުން ސްކޫލަށް ބޭނުންވާ މަލްޓިޕަރޕަސް ހޯލަކާއި ރިސޯސް ރޫމުތައް ގާއިމުކުރުމަށް ބޭނުންވާކަންވެސް ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވިއެވެ. އަދި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއެކު ރަށުގައި އާންމުންނަށް ބޭނުންކުރެވޭނެ ބީޗް ސަރަހައްދަކާއި ފަތުރުވެރިންނަށް ޚާއްޞަ ބީޗް ސަރަހައްދެއް ޤާއިމުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. ހައުސިންގ ސްކީމް ނެތް ރަށްރަށަށް ލޯނު ސްކީމެއް ހަމަޖެހިގެން ދިއުމާއި ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާއެއްގޮތަށް ބައިނަލްއަގުވާމީ ފެންވަރަށް ރާޅާއަޅާ ސަރަހައްދު ތަރައްޤީވެގެންދިއުމަށް އެދޭކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ. 

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހާގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދަޢުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން