Ads by Stelco

ޚަބަރު

އައިޖީއެމްއެޗްގެ އޯޕީޑީ ގޭޓް ވަގުތީ ގޮތުން ބަންދުކޮށް، އިތުރު ދެގޭޓަކުން ވަދެވޭގޮތް ހަދައިފި

އައިޖީއެމްއެޗްގެ އޯޕީޑީ ގޭޓް ވަގުތީ ގޮތުން ބަންދުކޮށް، އިތުރު ދެގޭޓަކުން ވަދެވޭގޮތް ހަދައިފި

އައިޖީއެމް ހޮސްޕިޓަލްގެ އޯޕީޑީ ގޭޓް ފޮޓޯ: އެޑިޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 ޖުލައި 2025، 10:32

24 ޖުލައި 2025، 10:32

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އޯޕީޑީ ވޯކްވޭގައި މަސައްކަތެއް ކުރުމަށްޓަކައި، އެ ހޮސްޕިޓަލްގެ އޯޕީޑީ ގޭޓް ވަގުތީ ގޮތުން ބަންދުކުރުމަށް ނިންމައިފިއެވެ.

އައިޖީއެމްއެޗުން ވިދާޅުވީ، ހޮސްޕިޓަލްގެ އޯޕީޑީ ވޯކްވޭގައި މަސައްކަތެއް ކުރުމަށްޓަކައި އޯޕީޑީ ވޯކްވޭ ސަރަހައްދު އެއްކޮށް، ވަގުތީ ގޮތުން ބަންދުކުރަން ނިންމާފައިވާ ކަމަށެވެ. މި ބަދަލާ ގުޅިގެން މިރޭ 9:00 އިން ފެށިގެން ޖުލައި 26 ވާ ހޮނިހިރު ދުވަހުގެ ދަންވަރު 3:00 އާ ހަމައަށް ހޮސްޕިޓަލަށް ވަނުމަށް ބައެއް ބަދަލުތައް ގެނެސްފައިވެއެވެ.



އެގޮތުން، އައިޖީއެމްއެޗްގެ ގޭޓް 1 އާންމުންނަށް ބަންދުކުރެވޭނެއެވެ. ހޮސްޕިޓަލަށް ވަނުމަށް ބޭނުން ކުރެވޭނީ އިމަޖެންސީ ގޭޓާއި ސަންސެޓް ކެންޓީން ކައިރީގައި ހުންނަ ގޭޓް ކަމަށް އެ ހޮސްޕިޓަލުން ވަނީ ހާމަކުރައްވާފައެވެ. އަދި ޑައިލިސިސް ސެންޓަރަށް އަންނަ ފަރާތްތަކުން، އެމްއާރްއައި ސެންޓަރަށް ވަދެވޭ ވޯކްވޭ ބޭނުންކުރުމަށް ހޮސްޕިޓަލުން ވަނީ އެދިފައެވެ.

މީގެ އިތުރުން، އައިޖީއެމްއެޗްއިން ވަނީ ސްޓްރޯކް ސެންޓަރު އީއެންޓީ ވޯޑްގެ އެޗްޑީޔޫއަށް ބަދަލުކޮށްފައެވެ.
އައިޖީއެމްއެޗްއިން އަންނަނީ އެ ހޮސްޕިޓަލްގެ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި މިފަދަ ބަދަލުތައް ގެންނަމުންނެވެ. އެގޮތުން، މިމަހުގެ 27 ވަނަ ދުވަހު އައިޖީއެމްއެޗްގައި އައިނު ފިހާރައެއް ހުޅުވައި، ޚިދުމަތް ދޭން ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން