ޚަބަރު
ރައީސް، މަގޫދޫ ކައުންސިލާއި އެރަށުގެ ބައެއް މުއައްސަސާތަކާއި ބައްދަލުކުރައްވައިފި

ރައީސް، މަގޫދޫ ކައުންސިލާއި އެރަށުގެ ބައެއް މުއައްސަސާތަކާއި ބައްދަލުކުރެއްވުން

ފަރުދުން
23 ޖުލައި 2025، 04:59
23 ޖުލައި 2025، 04:59
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މަގޫދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި އެރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށު ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ސްކޫލުގައެވެ.
މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުން ވަނީ، ރަށްގިރުމުގެ މައްސަލަ ދިމާވެފައިވާތީ އެކަން ޙައްލުކޮށްދެއްވުމަށާއި ފެނާއި ނަރުދަމާގެ އަދި ޞިއްޙީ މަރުކަޒުގެ މަސައްކަތްތައް އަވަސްކޮށްދެއްވުމަށާއި ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން މޫދަށް އެރޭނެ ސަރަހައްދަކާއި ރަށުގެ ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ފުޓްބޯޅަ ދަނޑެއް ބޭނުންވާކަން އެ ބޭފުޅުން ހާމަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހާގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދަޢުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.