Ads by Stelco

ޚަބަރު

މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ދާއިރާގެ މެމްބަރުގެ އެހީތެރިކަމެއް ނުލިބޭ، ހުރަސް އަޅުއްވާ: ރައީސް

މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ދާއިރާގެ މެމްބަރުގެ އެހީތެރިކަމެއް ނުލިބޭ، ހުރަސް އަޅުއްވާ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ނ.ފޮއްދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން

farudhun logo

ފަރުދުން

23 ޖުލައި 2025، 03:36

23 ޖުލައި 2025، 03:36

ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ފޮއްދޫ ނިސްބަތްވާ ވެލިދޫ ދާއިރާގެ މެމްބަރުގެ އެހީތެރިކަމެއް ލިބިވަޑައި ނުގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ނ.ފޮއްދޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާއި މުޚާޠަބު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ. 

ރައީސް ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރުންވެސް ދާއިރާގެ ކުރިއެރުމަށްޓަކައި ސަރުކާރުން ކުރާ އެއްވެސް ކަމަކަށް ހުރަސް ނާޅާ ކަމަށާއި ނަމަވެސް ފޮއްދޫ ނިސްބަތްވާ ވެލިދޫ ދާއިރާގެ މެންބަރު އެރަށުގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ނުދެއްވާއިރު، ހުރަސް އަޅަމުންދާކަމަށެވެ.

ރައިސް ވިދާޅުވީ ރައްޔިތުންނަށް ހަގީގަތް ހާމަކުރުމުގެ ގޮތުން އެ ދާއިރާގެ މެންބަރުގެ އެހީތެރިކަމެއް ތަރައްޤީގެ މަޝްރޫޢުތަކަށް ނުލިބޭކަން ފާހަގަ ކުރައްވާކަމަށެވެ. މިފަދައިން އިދިކޮޅު މައި ޕާޓީ އެމްޑީޕީންވެސް ޢަމަލު ނުކުރާކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.  އެހެން ނަމަވެސް ރައްޔިތުންގެ ވޯޓަކުން ރައްޔިތުން ހޮޮވާފައިހުންނަ މަންދޫބަކުސިޔާސީ ހިޔާލުތަފާތުވުން އެއްވެސް ވަރަކަށް ރައްޔިތުންނަށް ހިދުމަތްކުރުމުގެ ކުރިމައްޗަށް ގެނެސްގެން ނުވާނެކަމަށް ރައިސް ވިދާޅުވިއެވެ.

ދާއިރާގެ އިއްޒަތްތެރި މަޖިލިސް މެންބަރުގެ އެހީތެރިކަމެއް ނުލިބޭ. ނުލިބޭތަނުގައި ކަންކަމަށް ހުރަސް އެޅުމަށް ކަންކަން ކުރަމުންދާކަން އަޅުގަނޑު ހިތާމައާއެކީ ފާހަގަކުރަން. އަޅުގަނޑު ގަބޫލުކުރަނީ ރައްޔިތުން އިންތިހާބުކޮށްފަ ހުންނަ މަންދޫބެއްކަމުގައިވާނަމަ ސިޔާސީ ހިޔާލުތަފާތުވުން އެއްވެސް ވަރަކަށް ރައްޔިތުންނަށް ހިދުމަތްކުރުމުގެ ކުރިމައްޗަށް ގެނެސްގެން ނުވާނެކަން. އެއަށްވުރެ ޒިންމާދާރުކަމާއެކީ ޕްރޮފެޝަނަލްކޮށް ހުރިހާ ކަމެއްގައި މަސައްކަތް ކުރަން ޖެހޭނެކަން. އެމްޑީޕީ އެމްޕީންވެސް އެއްގޮތަށް ކަންތައްނުކުރޭ. ދާއިރާގެ ކަންކަމަށް ހުރަސްނާޅާތީ ފަސޭހައިން ކުރިއަށްގެންދެވޭ.  

ފޮއްދޫ ނިސްބަތްވާ ވެލިދޫ ދާއިރާގެ މެމްބަރަކީ ސިޔާސީ ޕާޓީއެއް ކަމުގައިވާ އެމްޑީއޭގެ މެމްބަރު މުޙައްމަަދު އައްބާސްއެވެ.  

ރައިސް ވިދާޅުވީ ކަން މިހެން ހުރިނަމަވެސް އެކަމާމެދު އެއްވެސް ކަންބޮޑުވުމެއް ނެތްކަމަށާއި، ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ރައްޔިތުންނާއިއެކު ވަޑައިގަންނަވާނީ ކުރިއަށްކަމަށެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން