Ads by Stelco

ޚަބަރު

ރައީސް، ފޮއްދޫ ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި

ރައީސް، ފޮއްދޫ ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮއްދޫ ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރެއްވުން

farudhun logo

ފަރުދުން

23 ޖުލައި 2025، 01:09

23 ޖުލައި 2025، 01:09

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފޮއްދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށު ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ފެނަކަ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލްގެ ފަރާތުން ފާހަގަކުރި ކަންކަމުގެ ތެރޭގައި އެ ރަށުގައި މިހާރު ތަރައްޤީކުރަންފަށާ ބަނދަރަށް ގެންނަން ބޭނުންވާ ބައެއް ބަދަލުތަކާއި ސްކޫލްގެ މަލްޓިޕަރޕަސް ހޯލުގެ މުހިންމުކަމާއި ސްކޫލަށް އިތުރު މުވައްޒަފުން ބޭނުންވުން ހިމެނެއެވެ. އަދި ރަށުގެ ބައު އިންޖީނުގެ ހުރި ބިން އަނބުރާ ކައުންސިލާއި ޙަވާލުކުރުމަށް އެދިވަޑައިގެންނެވުމުގެ އިތުރުން، ރަށުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި ހުރި ގޮންޖެހުންތައް ޙައްލުކުރުމަށް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނެވެ. މި ބައްދަލުކުރެއްވުމުގައި ރަށުގެ އަންހެނުންގެ ކޮމިޓީއިން ވަނީ ރަށް ސާފުކުރުމަށް ބޮޑު ސަރަހައްދެއް އޮންނައިރު އެކަނބަލުންނަށް ލިބޭ އުޖޫރައިގެ ދަތިކަމުގެ އިތުރުން ރަށުގެ ފުޓްސަލް ދަނޑު ކުޑަވުމުން، ދަނޑު ބޮޑުކުރަން ބޭނުންވާކަން ހިއްސާކުރައްވާފައެވެ. މީގެ އިތުރުން ރަށުގެ ޞިއްޙީ ޙާލަތު އިތުރަށް ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ރަށުގައި ޕޮއިންޓް އޮފް ކެއަރ ޤާއިމުކުރުމާބެހޭގޮތުން މަޝްވަރާކުރައްވާފައިވެ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހާގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދަޢުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން