Ads by Stelco

ޚަބަރު

ފޮއްދޫ ބަނދަރުގެ މަސައްކަތް ބާރު ސްޕީޑުގައި ނިންމާދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ފޮއްދޫ ބަނދަރުގެ މަސައްކަތް ބާރު ސްޕީޑުގައި ނިންމާދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ނ.ފޮއްދޫއަށް ވަޑައިގެންނެވުން

farudhun logo

ފަރުދުން

23 ޖުލައި 2025، 11:24

23 ޖުލައި 2025، 11:24

ނ.ފޮއްދޫ ބަނދަރުގެ މަސައްކަތް ބާރު ސްޕީޑުގައި ނިންމާދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ނ.އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ފޮއްދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައިސް ވިދާޅުވީ ފޮއްދޫ ރައްޔިތުން ވޭތުވެ ދިޔަ 40 އަހަރު ތަހައްމަލުކުރަމުންދިޔަ ވޭނަށް ނިމުމެއް އަންނާނެ ކަމަށެވެ.  ރައިސް ވިދާޅުވީ ފޮއްދޫ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ލަފާފުރުމުގެ ދަތިކަން ކަމަށާއި، އެކަމަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވަވާ ކަމަށެވެ. 

އެގޮތުން ބަނދަރުގެ މަސައްކަތް މިއަދު ފޮއްދޫގައި ރަސްމީކޮށް ފެށިގެން ގޮސްފައިވާއިރު މަސައްކަތުގެ ސްޕީޑު އެންމެ ބާރުމިނުގައި ކުރިއަށް ގެންދަވާނެ ކަމަށްވެސް ރައިސް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ފޮއްދޫގައި ލަފާ ފުރުމުގެ ދަތިތަކާއެކު ހިތާމަވެރި ޙާދިސާ ތަކާވެސް އެރަށުގެ ރައްޔިތުން ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެހެންނަމަވެސް މި ހިތްދަތިކަން މާޒީވެގެން ގޮސް ހިތްހަމަ ޖެހޭނޭހެން ބަނދަރު ތަރައްޤީކޮށްދެއްވާނެ ކަމަށްވެސް ރައީީސް ވަނީ ވިދާޅުވެފައެވެ. 

ރައީސް އިތުރަށް ވިދާޅުވީ ފޮއްދޫގެ ލަފާ ފުރުމުގެ ދަތިކަމަކީ އެރަށުގައި އިގްތިޞާދީ ކުރިއެރުމާއި ފަރުދީ ކުރިއެރުމަށްވެސް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. ބަނދަރުގެ މަޝްރޫޢާއެކު ރައްޔިތުންނަށް ދިމާވެފައި މިވާ ގޮންޖެހުމުމުން އަރައިގަނެ ކުރިއެރުން ހޯދިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. 

މިއަދު ހެނދުނު ފޮއްްދޫއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ކުރިން ނ. ފޮއްދޫގައި ސަރުކާރުން 4 މަޝްރޫޢުއެއް އިފްތިތާހްކޮށްފައިވެއެވެ. އެ ހަތަރު މަޝްރޫޢުތަކަކީ އެރަށުގެ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރާއި ޕޮލިސް ސްޓޭޝަނާއި ބަނދަރާއި ޞިއްޙީ މަރުކަޒު ތަރައްޤީކުރުމުގެ މަޝްރޫޢުއެވެ. މި ރަސްމިއްޔާތުތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން އެމަނިކުފާނުގެ އަރިހުގައި މިލަދުންމަޑުލު ދެކުނުބުރިއަށް ވަޑައިގެންނެވި ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން