Ads by Stelco

ޚަބަރު

ޕެންޝަން އޮފީހުގެ ސީއެސްއާރު ގްރާންޓުގެ ދަށުން 4 ފަރާތަކަށް މާލީ އެހީ ފޯރުކޮށްދީފި!

ޕެންޝަން އޮފީހުގެ ސީއެސްއާރު ގްރާންޓުގެ ދަށުން 4 ފަރާތަކަށް މާލީ އެހީ ފޯރުކޮށްދީފި!

ޕެންޝަން އޮފީހުގެ ސީއެސްއާރު ގްރާންޓު ދެވުނު ފަރާތްތައް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 ޖުލައި 2025، 05:20

22 ޖުލައި 2025، 05:20

ޕެންޝަން އޮފީހުގެ ސީއެސްއާރު ގްރާންޓު ޕްރޮގުރާމުގެ ދަށުން 4 ފަރާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖައްސަވައި، އެފަރާތްތަކާއެކު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި އެހީތެރިކަން ފޯރުކޮށްދިނުމުގެ މައިގަނޑު މަޤްޞަދަކީ އިޖުތިމާޢީ ދުޅަހެޔޮކަމާއި ވިލުންތެރިކަން އިތުރުކުރުމަށް ހިންގާ ޕްރޮގްރާމުތަކަށާއި، މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ޕްރޮގްރާމުތަކަށް އެހީތެރިވެދިނުމެވެ.



ޕެންޝަން އޮފީހުން ތަޢާރަފްކުރި މި ސީއެސްއާރު ގްރާންޓު ޕްރޮގްރާމަކީ އިޖުތިމާޢީ މަޝްރޫޢުތަކާއި ހަރަކާތްތަކަށް އެހީވުމަށް ޚާއްސަކޮށްގެން ފަށާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭނީ އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ތަޢުލީމާއި ތަމްރީނުދޭ ފަރާތްތަކުން ހިންގާ ކޮމިއުނިޓީ ޕްރޮގްރާމުތަކަށެވެ.

މި ޕްރޮގްރާމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ އެޕްރީލްމަހުގެ 15 ވަނަ ދުވަހުއެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި މިދިޔަ މެއި މަހުގެ 15 ވަނަ ދުވަހު ވަނީ ހަމަވެފައެވެ.

ޕެންޝަން އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހުނު 4 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. މި ފަރާތްތަކަކީ:

މޯލްޑިވްސް ގަރލް ގައިޑް އެސޯސިއޭޝަން - ގައިޑިން ޖެނެރޭޝަންސް
ދަ އީކޯ އޯގަނައިޒޭޝަން - ޕްރޮޖެކްޓް ހޭވަން
ޑައިބެޓީޒް ސޮސައިޓީ އޮފް ދަ މޯލްޑިވްސް - ޑައިބެޓީޒް އެޑިއުކޭޓަރ ކޯސް 2
މާއްޓޭ ސްޕޯޓްސް - ބިލްޑިންގް ރެޒިލިއެންޓް އެންޑް އިންކްލޫސިވް ކޮމިއުނިޓީސް

ޕެންޝަން އޮފީހުން ވިދާޅުވި ގޮތުގައި، މި ޕްރޮގްރާމަށް ހޮވުނު ކޮންމެ ފަރާތަކަށް 200،000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

މި ޕްރޮގްރާމްގެ މަޤްޞަދަކީ، ވިލުންވެރި އަދި އެންމެން ޝާމިލުވާ މުޖުތަމުޢެއް ބިނާކުރުމަށް ބޭނުންވާ ތަފާތު ދާއިރާތަކުން އިޖުތިމާޢީ ފެންވަރުގައި ހިންގާ ހަރަކާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދީ، އެފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހިތްވަރުދިނުން ކަމަށް ޕެންޝަން އޮފީހުން އިތުރަށް ވިދާޅުވިއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން