Ads by Stelco

ޚަބަރު

މަދަނީ ޖަމުޢިއްޔާތަކުގެ ޤައުމީ ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މަދަނީ ޖަމުޢިއްޔާތަކުގެ ޤައުމީ ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު  ހުޅުވާލައިފި

މަދަނީ ޖަމުޢިއްޔާތަކުގެ ޤައުމީ ފޯރަމް 2025

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 ޖުލައި 2025، 05:16

22 ޖުލައި 2025، 05:16

މަދަނީ ޖަމުޢިއްޔާތަކުގެ ޤައުމީ ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު މާލޭ، ހުޅުމާލެ އަދި ވިލިމާލޭގައި ހަރަކާތްތެރިވާ ޖަމުޢިއްޔާތަކަށް ހުޅުވާލައިފިއެވެ. މި ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވަޢުދެކެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ފޯރަމް އޮންނާނީ އޮގަސްޓު މަހުގެ 28 އަދި 29 ގައި މާލޭގައެވެ. މިއީ މަދަނީ ޖަމުޢިއްޔާތަކުގެ ގައުމީ ފޯރަމެއް ބާއްވާ ދެވަނަ ފަހަރެވެ.
މި ފޯރަމް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ، މަދަނީ ޖަމުޢިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި، ގޮންޖެހުންތައް ދެނެގަނެ، ތަފާތު މައްސަލަތަކުން އަރައިގަތުމުގައި ޖަމުޢިއްޔާތަކުގެ ދައުރާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމެވެ.



މީގެ އިތުރުން، ޖަމުޢިއްޔާތައް ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމާއި، ތަފާތު ތަޖުރިބާތައް ހިއްސާކޮށް، ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކޮށް، އެ މައްސަލަތަކަށް ހައްލު ހޯދޭނެ ގޮތްތަކާމެދު މަޝްވަރާކުރުމަކީވެސް މި ފޯރަމްގެ ބޭނުމެކެވެ.

ފޯރަމްގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 31 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އެވެ. ވުޒާރާއިން ވިދާޅުވީ، މިއަހަރުގެ މި ފޯރަމްގައި 100-150 އާ ދެމެދުގެ އަދަދަކަށް ޖަމުޢިއްޔާތަކުން ބައިވެރިވުން އެދެވޭ ކަމަށެވެ. އެގޮތުން، މާލޭގެ ޖަމުޢިއްޔާތަކުގެ އިތުރުން، ކޮންމެ އަތޮޅަކުން 2 ޖަމުޢިއްޔާއަށް ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން