Ads by Stelco

ޚަބަރު

މޯލްޑިވިއަންއިން ފުރަތަމަ ފަހަރަށް ޢުމްރާ ދަތުރުތައް ފަށައިފި

މޯލްޑިވިއަންއިން ފުރަތަމަ ފަހަރަށް ޢުމްރާ ދަތުރުތައް ފަށައިފި

މޯލްޑިވިއަންއިން ޢުމްރާ ކުރާ ފުރަތަމަ ދަތުރު ފޮޓޯ: މޯލްޑިވިއަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 ޖުލައި 2025، 05:07

22 ޖުލައި 2025، 05:07

ރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަންއިން ފުރަތަމަ ފަހަރަށް ޢުމްރާ ދަތުރުތައް ފަށައިފިއެވެ. މިއީ މޯލްޑިވިއަންގެ ހިދުމަތްތަކަށް އިތުރު ކުރެވުނު އާ ބާބެކަމަށް އެ ކުންފުނިން ބުނެއެވެ. މި ތާރީޚީ ދަތުރުތައް މިއަދު ފަށާފައިވާއިރު، މިއީ ގިނަ އަދަދެއްގެ ޢުމްރާ ކުންފުނިތަކަކުން ޢުމްރާ ދަތުރުކޮށްދޭން އެދެމުން ކުރެވުނު ކަމެކެވެ.

މޯލްޑިވިއަންއިން މިއަދު ފެށި ޢުމްރާ ދަތުރުތަކުގައި ފުރަތަމަ ދަތުރުކުރީ ހައްޖު ކޯޕަރޭޝަނާއި ދަ ޓްރެވެލަރ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދާ މީހުންނެވެ. އެއަރލައިނުން ވިދާޅުވެފައިވާ ގޮތުގައި މިމަހު 750 އަށް ވުރެ ގިނަ ޢުމްރާވެރިން އެ އެއަރލައިނުން އުމްރާއަށް ގެންދާނެއެވެ. މީގެ އިތުރުން، މޯލްޑިވިއަންއިން ބާއްވާ ޢުމްރާ ދަތުރުތައް މިމަހުގެ 22 ވަނަ ދުވަހު އަދި 27 ވަނަ ދުވަހުވެސް ކުރިއަށް ދާނެއެވެ.



މި މަތިވެރި އަޅުކަމަށް ދަތުރުކުރާ މީހުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން، މޯލްޑިވިއަންއިން ޢުމްރާ ދަތުރުތަކުގައި ބޭނުންކުރަނީ އެއަރބަސް ވައިޑް-ބޮޑީ މަތިންދާބޯޓުކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

މޯލްޑިވިއަންއިން ޢުމްރާ ދަތުރުތައް ފަށާފައިވާއިރު، މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ހައްޖާޖީން ސައުދީ އަރަބިއްޔާއަށް ގެންދިއުމަށްވެސް އެ އެއަރލައިނުން ވަނީ ކާމިޔާބުކަމާއެކު ދަތުރުތައް ބާއްވާފައެވެ. މިއީ ރާއްޖޭގެ ރައްޔިތުންނަށް ދީނީ އަޅުކަންތައް އަދާކުރުމަށް ޤައުމީ އެއަރލައިނުން ދެމުންދާ އެހީތެރިކަން އިތުރުވެގެންދާ ކަމެކެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން