Ads by Stelco

ޚަބަރު

ދިވެހި މީޑިއާގެ ކުރިއެރުމުގައި އަންހެނުންގެ ދައުރު ފުޅާވެއްޖެ: ތަރުޖަމާނު ހީނާ

ދިވެހި މީޑިއާގެ ކުރިއެރުމުގައި އަންހެނުންގެ ދައުރު ފުޅާވެއްޖެ: ތަރުޖަމާނު ހީނާ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 ޖުލައި 2025، 04:59

22 ޖުލައި 2025، 04:59

ދިވެހި މީޑިއާގެ އިސް ސަފުގައި އަންހެނުން ހަރަކާތްތެރިވާ މިންވަރު އިތުރުވެ، އަންހެނުންގެ އިސްނެގުމާއެކު ދިވެހި މީޑިއާއަށް އިތުރު ކުރިއެރުންތައް ލިބެމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ތަރުޖަމާނު މިހެން ވިދާޅުވެފައިވަނީ، ސަރަޙައްދީ މީޑިއާގެ އެންމެ ބޮޑު ބައްދަލުވުން، 20 ވަނަ އޭޝިއާ މީޑިއާ ސަމިޓުގައި، އޭޝިޔާ ސަރަހައްދުގެ މީޑިއާ ތަޖުރިބާކާރުންނާއެކު ކުރިއަށްގެންދިޔަ ޕްލިނަރީ ސެޝަނެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ހީނާ ވާހަކަފުޅުދެއްކެވީ މީޑިއާގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ޕެނަލްގެ މޮޑަރޭޓަރ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ހީނާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ ނޫސްވެރިކަމާއި ބްރޯޑްކާސްޓިން ދާއިރާގައި އަންހެނުންގެ ދައުރު ބޮޑުކަމާއި، މީޑިއާ ހިންގުމާއި ވިލަރެސްކުރުމުގެ ދާއިރާގައި ނިސްބަތުން އަންހެނުން ގިނައެވެ. އެގޮތުން ޕީއެސްއެމްގެ ޗެއަރޕާސަން އާއި ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސަކީ އަންހެން ބޭފުޅުންކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމް.އެމް.ސީ) ގައިވެސް އަންހެނުންގެ ހިއްސާ ބޮޑުކަން ހީނާ ފާހަގަކުރެއްވިއެވެ.

މީޑިއާގެ ދާއިރާއަށް ބެލުމުގެ އިތުރުން ސިވިލް ސަރވިސްގެ މަތީ ފަންތީގެ މާޤާމުތަކުގައި ވެސް އަންހެނުންގެ ހިއްސާ ބޮޑުކަން ހީނާ ފާހަގަކުރެއްވިއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހާއި ވަޒީރުންގެ މަޖިލީހުގައިވެސް އަންހެނުންގެ މުހިއްމު ދައުރެއް އަދާކުރަމުންދާކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ޚާރިޖީ މިޝަންތަކަށް ބަލާލާއިރު، 7 އަންހެން ސަފީރުން ތިބިކަމާއި ލޯކަލް ކައުންސިލްތަކުގައި ވެސް މިންތީގެ ހަމަހަމަކަން ކަށަވަރުކުރެވޭނޭ ފަދައިން އިންތިޒާމުތައް ހަމަޖައްސާފައިވާކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

މި ސެޝަންގައި، ހައްސާސް ދަނޑިވަޅުތަކުގައި ރައްޔިތުންނަށް ތެދު މައުލޫމާތު ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ތަރުޖަމާނު އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގެ އުނދަގޫ އަދި ހިތާމަވެރި ދަނޑިވަޅުގައި ރައްޔިތުންނާއި ހަމައަށް ލަސްނުކޮށް، ތެދު މަޢުލޫމާތު ފޯރުކޮށްދިނުމަށް ދިވެހި މީޑިއާއިން ކުރި މަސައްކަތްތައް ހީނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ދޮގު ޚަބަރާއި މަޢުލޫމާތާ ދެކޮޅަށް މަސައްކަތްކުރުމުގައި ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ތަފާތު ގޮންޖެހުންތަކާ ބެހޭގޮތުން ވެސް މި ސެޝަންގައި ތަރުޖަމާނު ވަނީ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން، ރާއްޖެއަކީ ކުޑަ ޤައުމެއްކަމަށްވުމާއެކު، ހަލުވި ދުވެއްޔެއްގައި ދޮގު ޚަބަރާއި މައުލޫމާތު ފެތުރިގެންދާކަން ހީނާ ފާހަގަކުރެއްވިއެވެ. އަދި ދޮގު ޚަބަރާއި މަޢުލޫމަތު އަދި މީޑިއާގެ އަޙްލާޤީ މިންގަޑާއި ހިލާފް ކޮންޓެންޓު މޮނިޓަރކޮށް ބެލެހެއްޓުމުގައި މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަނުން އަދާކުރާ ދައުރު، ތަރުޖަމާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

ހާމަކަން ބޮޑު، ދެފުށް ފެންނަ ގޮތެއްގައި ވެރިކަން ހިންގުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ މައްޗަށް ވެސް މި ބައްދަލުވުމުގައި ތަރުޖަމާނު އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، 2024 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 23 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިފްތިތާހުކުރެއްވި ސިޓިޒަންސް ވޮއިސް ޕޯޓަލް އާއި ސަރުކާރުގެ އިސްވެރިންނާ ސުވާލުކުރެވޭ ގޮތައް ސިލްސިލާކޮށް ކުރިއަށް ގެންދާ "އަހާ" ފޯރަމް، އެކަމަނާ ފާހަގަކުރެއްވިއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން