Ads by Stelco

ޚަބަރު

ކަރަންޓު ކެނޑިފައިވަނީ ޓްރާންސްފޯމަރަށް ދިމާވި މައްސަލައަކާއި ގުޅިގެން :ސްޓެލްކޯ

ކަރަންޓު ކެނޑިފައިވަނީ ޓްރާންސްފޯމަރަށް ދިމާވި މައްސަލައަކާއި ގުޅިގެން :ސްޓެލްކޯ

ހުޅުމާލެ ދެވަނަ ފިޔަވަހި ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 ޖުލައި 2025، 02:28

22 ޖުލައި 2025، 02:28

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވަނީ އެސްޓީއޯ ހިޔާއަށް ކަރަންޓު ދިނުމަށް ބަހައްޓާފައިވާ ޓްރާންސްފޯމަރަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

އަދި އެ މައްސަލަ ހައްލު ކުރުމަށް މިހާރު މަސައްކަތް ކުރެވެމުންދާއިރު، ހިދުމަތް މެދުކެނޑުނު ސަރަހައްދުތަކުގެ ތެރެއިން މިހާރު ކަރަންޓު ނުދެވި ވަނީ އެސްޓީއޯ ހިޔާއާއި މަސްޖިދު ހަސަން އާދަމްއަށް ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

މިއަދު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނު މައްސަލަ ހައްލުކުރަމުންދާއިރު، ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ބައެއް ސަރަހައްދުތަކަށް މިހާރު ވަނީ އަލުން ކަރަންޓުދެވިފައެވެ. ކަރަންޓު ނުދެވި ހުރި ސަރަހައްދުތަކަށް ވީއެންމެ އަވަހަކަށް ކަރަންޓުދިނުމުގެ މަސައްކަތްތައް ކުރެވެމުން ދާކަމަށާއި މިކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މަޢާފަށް އެދޭކަމަސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން