ޚަބަރު
ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ: ސްޓެލްކޯ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްތައް
ހުލާސާ
ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދު ތަކުން ކަރަންޓު ކެނޑިފައިވާކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައި ވާކަމަށެވެ.
އަދި މައްސަލަ ދެނަގަނެ، ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން ކަމަށާއި ދިމާވާނެ ދަތިތަކަށް މަޢާފަށް އެދޭ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.