Ads by Stelco

ޚަބަރު

ނ. އަތޮޅުގެ ރައްޔިތުންނަށް ފޯރުކޮށްދޭ ޞިއްޚީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ރައީސްގެ މުހިންމު ތަޞައްވުރެއް އެބައޮތް

ނ. އަތޮޅުގެ ރައްޔިތުންނަށް ފޯރުކޮށްދޭ ޞިއްޚީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ރައީސްގެ މުހިންމު ތަޞައްވުރެއް އެބައޮތް

ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް. ފޮޓޯ: ޕީއެސްއެމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ޖުލައި 2025، 11:58

22 ޖުލައި 2025، 11:58

ނ. އަތޮޅުގެ ރައްޔިތުންނަށް ފޯރުކޮށްދޭ ސިއްޚީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ މުހިންމު ތަޞައްވުރެއް އެބައޮތް ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު ނާޒިމް މިހެން ވިދާޅުވީ ދައުލަތުގެ މީޑީއާއަށް ދެއްޗި އިންޓަރވިއުއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ވަޒީރު ނާޒިމް ވިދާޅުވީ ނ. އަތޮޅު ހޮސްޕިޓަލުގައި އިތުރު ޚިދުމަތްތައް ފެށުމަށްޓަކައި ކުރަންހުރި މަސައްކަތްތައް ވަރަށް އަވަހަށް ތަންފީޒުކުރަން ފަށާނެކަމަށެވެ. 

ވަޒީރު ވިދާޅުވި ގޮތުގައި ރައްޔިތުންގެ އުންމީދުތައް ގުޅިފައިވަނީ ސިއްޙީ ދާއިރާއަށް އަންނަންޖެހޭ ކުރިއެރުންތަކާއެވެ. އަދި ނ. އަތޮޅުގެ ރައްޔިތުންނަށް ފޯރުކޮށްދޭ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ މުހިންމު ތަޞައްވުރެއް އޮތްކަން ފާހަގަކުރެއްވިއެވެ. މި ތަޞައްވުރު ޙާޞިލުކުރުމަށް އެންމެ މުހިންމު އެއް މަސައްކަތަކީ އަތޮޅު ހޮސްޕިޓަލުގެ އިންފްރާސްޓްރަކްޗަރ ހަރުދަނާކޮށް، ހޮސްޕިޓަލުން ދެވޭ ޚިދުމަތްތައް ފުޅާކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެތަނުގައި އިތުރު ޚިދުމަތްތައް ދިނުމަށްޓަކައި ކުރަން ހުރި މަސައްކަތްތައް ވަރަށް އަވަހަށް ތަންފީޒްކުރަމުން ގެންދާނަން. އަދި އަތޮޅުގެ އެހެން ރަށްރަށުގެ ސިއްޙީ ޚިދުމަތަށް ދަތިވެފައިވާ އެންމެ މުހިންމު ކަންކަމުގައިވާ އިންފްރާސްޓްރަކްޗަރގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އިތުރު މަޝްރޫޢުތަކުގައި ސޮއިކުރުން މިއަދާއި މާދަމާ ހަވާލުކުރެވޭނެ،

ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް

ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި މިހާރު ހުރި ރީޖަނަލް ހޮސްޕިޓަލްތައް ޓާޝަރީ ފެންވަރަށް ބަދަލުކުރުމާއި، އަތޮޅު ހޮސްޕިޓަލްތަކުގައި އިތުރު ޚިދުމަތްތައް ފެށުން ހިމެނެއެވެ. މީގެ ތެރޭގައި ސައިކެޓްރީ، ފިޒިއޮތެރަޕީ އަދި ސްޕީޗް ތެރަޕީ ފަދަ ޚިދުމަތްތައް އަތޮޅުތަކުގައި ފުޅާކުރުން ހިމެނޭކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ރޭ މަނަދޫގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ނިމެންދެން، މިހާރުގެ ހޮސްޕިޓަލަށް އިތުރު ޚިދުމަތްތައް ޤާއިމްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ފާއިތުވި ދޮޅު އަހަރުތެރޭ ޞިއްޙީ ނިޒާމު ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވި، ކުރިއަށް އޮތްތަނުގައި އިތުރު މަޝްރޫޢުތައް ފެށޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން