Ads by Stelco

ޚަބަރު

މަނަދޫގައި އައު ނަރުދަމާ ނިޒާމަކާއެކު މަގު ހެދުން އަންނަ މަހު ފަށަނީ

މަނަދޫގައި އައު ނަރުދަމާ ނިޒާމަކާއެކު މަގު ހެދުން އަންނަ މަހު ފަށަނީ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

22 ޖުލައި 2025، 12:32

22 ޖުލައި 2025، 12:32

ނ. އަތޮޅު މަނަދޫގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަ ޙައްލުކުރުމުގެ ގޮތުން، އެ ރަށުގައި އައު ނަރުދަމާ ނިޒާމަކާއެކު، މަގު ހެދުމުގެ މަޝްރޫޢު މި އަންނަ މަހު ފެށުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ވެރިކަންކުރާ މަނަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިދިޔަ ދޮޅު އަހަރެއްހާ ދުވަސްތެރޭގައި މަސައްކަތްކުރެއްވީ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ގޮތްތައް ފަހިކުރުމަށްކަމަށެވެ. 

އެގޮތުން، ސަރުކާރުން ކުރި މަސައްކަތާއެކު، އިޤުތިޞާދީ ގޮންޖެހުންތައް ހުރި ނަމަވެސް، މަޝްރޫޢުތައް ކުރިޔަށް ގެންދެވޭނެ ގޮތްތަކެއް ހޯއްދަވާފައިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި ކުރިއެރުމާއެކު  ހުއްޓިފައިވާ މަޝްރޫޢުތައް ފަށައިގެން ކުރިއަށް ގެންދިއުމާއި، އެ މަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމުގެ މަޝްރޫއުތައް ހިމެނޭކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، 10 ވަރަކަށް އަހަރު ވެފައިވާ ނަރުދަމާގެ މައްސަލައަށް އޮތް ޙައްލަކީ އައު ނަރުދަމާ ނިޒާމެއް ޤާއުމް ކުރެއްވުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިކަމަށް ބޮޑު ހޭދައެއްކުރަން ޖެހުނަސް، ސަރުކާރުން މި މަނަދޫގައި އައު ނަރުދަމާ ނިޒާމެއް ޤާއިމްކުރުމަށް ނިންމާފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އައު ނަރުދަމާ ނިޒާމުގެ މަޝްރޫޢު ފެނަކައާ ހަވާލުކުރަން ނިންމާފައިވާއިރު، އެ މަޝްރޫޢު ނިންމުމަށް ހޭދަވާ ދުވަސްތަކުގައި މިހާރުގެ ނިޒާމަކަށް ވަގުތީ ޙައްލެއް ހޯދުމަށް ފެނަކައިން މަސައްކަތްކުރާކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި ނަރުދަމާގެ މަސައްކަތް ނިމެމުންދާ ވަރަކަށް މަގު ހެދުމުގެ މަޝްރޫޢުވެސް ކުރިޔަށްދާނެކަމަށް ވިދާޅުވިއެވެ. 

އެހެންވީމަ ނަތީޖާއަކަށްވާނީ މިއަންނަ އަހަރު ނިމެންވާއިރަށް އެއްކޮށް ނަރުދަމާ ނިޒާމު ބަދަލުކޮށް، މަގުތައް ހެދުމުގެ މަޝްރޫޢުގަވެސް ފުދޭވަރެއްގެ ޕްރޮގްރެސްއެއް އަންނާނެކަމަށް. ނަރުދަމާއަށް ދޮޅު އަހަރު އަދި ނިމޭވަރަކުން މަގުތައްވެސް ހެދުމުންދާނެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މަނަދޫގެ ސިއްޙީ ދާއިރާއަށް އަލިއަޅުވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ ރަށު ހޮސްޕިޓަލުގެ އައު އިމާރާތް އެޅުމާއި، އެ ހޮސްޕިޓަލުގައި އައު ޚިދުމަތްތައް ޤާއިމުކުރައްވާނެ ކަމަށެވެ. އެގޮތުން ފިޒިއޮތެރަޕީ، މެންޓަލް ހެލްތު، ސްޕީޗްތެރަޕީ ފަދަ ދާއިރާތަކުން ޚިދުމަތް ޤާއިމްކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ކުޅިވަރުގެ ދާއިރާއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނު ވަޢުދުވެ ވަޑައިގެންގޮތަށް، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކާއި، އައުޓްޑޯ ޖިމާއި، މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅާނެކަމަށެވެ. މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް އެއީ ބޭރުގެ ފަންޑުގެ އެހީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢުއެއްކަމަށާއި، އެކަމަށް މިހާރު ފަންޑު ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި އަހަރު މަނަދޫގައ ވޮލީ ކޯޓެއް އެޅުންވެސް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ތަޢުލީމީ ދާއިރާއިން މަނަދޫއަށް ކޮށްދެއްވާނެ ކަންކަމުގެ ތަޞައްވަރު ޙިއްސާ ކުރައްވަމުން މަނަދޫގައި ޔުނިވާސިޓި ކެމްޕަހެއް އެޅުމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދު ފުއްދުމަށް އިސްލާމީ މިނިސްޓްރީން މަސައްކަތްތަކެއްކުރަމުންދާކަމަށް ވިދާޅުވިއެވެ. އެ މަސައްކަތްވެސް ބިން ހަމަޖެހުނުހާ އަވަހަށް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން