Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ މަނަދޫގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ މަނަދޫގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ މަނަދޫގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

21 ޖުލައި 2025، 09:36

21 ޖުލައި 2025، 09:36

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅުގެ ވެރިކަންކުރާ މަނަދޫއަށް ވަޑައިގެން އެ ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ މިރޭ ބައްދަލުކުރައްވައިފިއެވެ.

މަނަދޫ އަސްވާރު ހޯލުގައި ކުރިޔަށްދިޔަ މި ބައްދަލުކުރެއްވުމުގައި  މަނަދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުވި މި ފުރުސަތުގައި ކައުންސިލްގެ ފަރާތުން ވަނީ އެ ރަށަށް މުހިންމު ގިނަ ކަންތައްތަކެއް އެ މަނިކުފާނާ ޙިއްސާކުރައްވާފައެވެ.

މަނަދޫ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވި ކަންތައްތައް:

  • ޞިއްޙީ ފަރުވާގެ ފެންވަރު ރަނގަޅުކޮށް، ޚިދުމަތް ފުޅާކުރުމުގެ ގޮތުން ފިޒިއޯތެރަޕީގެ އިތުރުން ނަފްސާނީ ޑޮކްޓަރަކާއި ސްޕީޗް ތެރަޕިސްޓެއްގެ ޚިދުމަތް ލިބޭނެގޮތް ހެދުން.
  • ބަނދަރު މަޝްރޫޢުގެ ތެރެއިން ނުނިމި ހުރި ކަންކަން ނިންމުން.
  • ބަނދަރު ނެރު ފައިކައްޓަށް ހައްލެއް ގެނައުމާއި ބަލިމީހުން އަރާފޭބޭނެ ގޮތަށް ސިޑި މަރާމާތުކޮށްދިނުން.
  • ފަޅުގައި ހަދާފައިވާ ބޭރު ޖެޓީއަށް އަރާފޭބޭ ގޮތަށް ފިލާ ޖަހައިދިނުން.
  • ޒުވާނުންނަށް އަމާޒުކޮށްގެން ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުން.
  • ޕޮލިސް ސްޓޭޝަން ޤާއިމުކުރުމުގައި ހުރި ލަސްކަން ހައްލުކުރުން.
  • ނަރުދަމާ ނިޒާމަށް ހައްލެއް ގެނެސްގެން މަގުތައް ހެދުމަށް ފުރުސަތު ފަހިކުރުން.

މަނަދޫ ކައުންސިލްގެ މި ހުށަހެޅުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމަށެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން