Ads by Stelco

ޚަބަރު

ބީއެމްއެލް ބޭންކް ފަންޑު: މުޖުތަމަޢުގެ ތަރައްޤީއަށް 5 ޖަމިއްޔާއަކަށް އެހީދީފި

ބީއެމްއެލް ބޭންކް ފަންޑު: މުޖުތަމަޢުގެ ތަރައްޤީއަށް 5 ޖަމިއްޔާއަކަށް އެހީދީފި

ބޭންކް އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ފަންޑު ހަރަކާތެއް ފޮޓޯ: ބީއެމްއެލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

21 ޖުލައި 2025، 03:00

21 ޖުލައި 2025، 03:00

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރުގެ ބޭންކް ފަންޑް ލިބޭ ޖަމްޢިއްޔާތައް ހޮވައިފިއެވެ. މުޖުތަމައުގެ ތަރައްގީއާއި ކުރިއެރުމަށް ދެމެހެއްޓެނިވި ޕްރޮޖެކްޓްތައް ހިންގާ ޖަމްޢިއްޔާ ޖަމާއަތްތަކަށް ހާއްސަކޮށްގެން ބޭންކް ފަންޑް ތައާރަފްކުރީ މިދިޔަ އަހަރުއެވެ. މިފަންޑުގެ މަގުސަދަކީ ތައުލީމީ، ތިމާވެށީގެ، ކުޅިވަރު އަދި މުޖުތަމައު ކުރިއެރުވުމުގެ މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ބީއެމްއެލްއިން ވަނީ މި އަހަރު ބޭންކް ފަންޑް ލިބޭ 5 ޖަމްޢިއްޔާއެއް ހޮވާފައެވެ. އެއީ ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް، ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ، ފައުންޑޭޝަން ފޯ އޭދަފުށި ޔޫތް ލިންކޭޖް (ފޭލި)، މޯލްޑިވިއަން ނަރސަސް އެސޯސިއޭޝަން އަދި ޓައިނީ ހަރޓްސް މޯލްޑިވްސްއެވެ. މި ކޮންމެ ޖަމްޢިއްޔާއަކަށް 200،000 ރުފިޔާގެ ހިލޭ އެހީ ލިބިގެންދާނެއެވެ.

ހުޅުމާލޭގައި ކްލިނިކެއް ގާއިމުކޮށް، ހަކުރުބަލި މެނޭޖްކުރުމުގެ ޚިދުމަތްތައް ފުޅާކުރުމަށް ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްއަށް ވަނީ އެހީ ދެވިފައެވެ. މި ޕްރޮޖެކްޓްގެ ސަބަބުން ގިނަ ބަޔަކަށް ބަލިން ރައްކާތެރިވުމާއި، ކުރީބައިގައި ބަލި ދެނެގަތުމުގެ ފަސޭހަ ގޮތްތަކެއް ފަހިވެގެންދާނެއެވެ.

ދ. ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޒަމާނީ މަލްޓި މީޑިއާ ސްޓޫޑިއޯއެއް ގާއިމުކޮށް، ދަރިވަރުންގެ ޑިޖިޓަލް މީޑިއާ ހުނަރު ކުރިއެރުވުމަށް ޔުނައިޓެޑް އިސްލާމިކް ސޮސައިޓީއަށް އެހީ ދީފައިވެއެވެ. މީގެ އިތުރުން މިހާރުވެސް ހިންގަމުންދާ މީޑިއާ ކްލަބްގެ ހިންގުން އިތުރަށް ހަރުދަނާވުމަށް ވެސް މި އެހީތެރިކަން ބޭނުންކުރެވޭނެއެވެ.

ފައުންޑޭޝަން ފޯ އޭދަފުށި ޔޫތް ލިންކޭޖް (ފޭލި) ހޮވިފައިވަނީ ވޮކޭޝަނަލް އަދި ކްރިއޭޓިވް ސްކިލްސް ތަރައްގީކުރުމަށް ބ. އޭދަދުށީގައި ހުންނަ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އިންޓެގްރޭޓެޑް ދެ ލެބެއް ގާއިމުކުރުމަށެވެ. މީގެ ސަބަބުން ދަރިވަރުންނަށް އަމަލީ ހުނަރުތައް ދަސްކުރުމުގެ ފުރުސަތުތައް ފުޅާވެގެންދާނެއެވެ.

މޯލްޑިވިއަން ނަރސަސް އެސޯސިއޭޝަންއަށް ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ފަރާތްތަކަށް ނަފްސާނީ ބަލިތަކަށް ޚާއްސަ ޚިދުމަތެއް ތައާރަފްކޮށް، ނަފްސާނީ ބަލި އެންމެ ބޮޑަށް ތަހައްމަލުކުރަމުންދާ ފަރާތަތްތަކަށް ބޭނުންވާ އެހީއަށް ފަސޭހައިން ވާސިލުވެވޭނެ ޚިދުމަތެއް ގާއިމުކުރުމަށް އެހީ ދީފައިވެއެވެ.

 ޓައިނީ ހަރޓްސް މޯލްޑިވްސްއަށް އެހީ ދިނީ ހިތުގެ ދުޅަހެޔޮކަމާއި ޖިސްމާނީ ދުޅަހެޔޮކަން ޕްރޮމޯޓް ކުރުމަށް ޑިޖިޓަލް ވަސީލަތްތަކުގެ ހަބެއް ގާއިމުކުރުމަށެވެ.

ބޭންކް ފަންޑަކީ ތައުލީމު، ތިމާވެށި، ކުޅިވަރު އަދި މުޖުތަމަޢު ކުރިއެރުވުމަށް މަޝްރޫއުތައް ހިންގުމަށް ބޭންކު ފަންޑަށް އެދި ހުށަހަޅާ ޖަމިއްޔާ ޖަމާއަތްތަކުގެ ތެރެއިން ހޮވާލާ ކޮންމެ ޖަމިއްޔާއަކަށް 200،000 ރުފިޔާގެ ހިލޭ އެހީ ލިބޭ ފަންޑެކެވެ. މުޖުތަމައުގެ ތަރައްގީއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ މަޝްރޫއުތަކަށް ބޭންކުން މުހިންމު އަހުމިއްޔަތުކަމެއް ދެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން