ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ނ. ހެނބަދޫއަށް ވަޑައިގަންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނ. ހެނބަދޫ އަަށް ވަޑައިގެންނެވުން ފޮޓޯ:ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނ. އަތޮޅަށް ފަށްޓަވާފައިވާ ދަތުރުފުޅުގައި، އެ އަތޮޅުގެ ދެވަނަ ރަށުގެ ގޮތުގައި ހެނބަދޫއަށް މިއަދު ވަޑައިގެންފިއެވެ. އެމަނިކުފާނު މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫއަށް ވަޑައިގެންނެވުމުން ރަށުގެ ގިނަ ބަޔަކުވަނީ ބަނދަރު ސަރަހައްދަށް އެއްވެ، ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގެ ތެރެއިން ހެނބަދޫގައި އަލަށް ތަރައްޤީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި މިސްކިތެއްގެ ބިންގާ އެޅުމަށް ވަނީ ހަމަޖެހިފައެވެ. މިދެ ރަސްމިއްޔާތުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ހެނބަދޫގެ ރަށު ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާނެއެވެ. މީގެއިތުރުން، އެމަނިކުފާނު ހެނބަދޫގެ ރައްޔިތުންނާވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ނ. އަތޮޅަށް ކުރައްވާ މިދަތުރުފުޅު މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މިދަތުރުފުޅުގައި އެމަނިކުފާނު ނ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގަންނަވާނެއެވެ.