Ads by Stelco

ޚަބަރު

ޗިލްޑްރަންސް އޮމްބަޑްސް ޕަރސަންގެ މަޤާމުގައި ހުންނެވި ނިއުމާތުގެ އިތުރު ފަސް އަހަރު އެމަޤާމުގައި ބެހެއްޓުމަށް ފާސްކޮށްފި

ޗިލްޑްރަންސް އޮމްބަޑްސް ޕަރސަންގެ މަޤާމުގައި ހުންނެވި ނިއުމާތުގެ  އިތުރު ފަސް އަހަރު އެމަޤާމުގައި ބެހެއްޓުމަށް ފާސްކޮށްފި

ޗިލްޑްރަންސް އޮމްބަޑްސް ޕަރސަންގެ މަޤާމުގައި ހުންނެވި ނިއުމާތު. ފޮޓޯ:މިހާރު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 ޖުލައި 2025، 01:15

21 ޖުލައި 2025، 01:15

ޗިލްޑްރަންސް އޮމްބަޑްސް ޕަރސަން ނިޢުމާތު ޝަފީގުގެ މަޤާމުގެ މުއްދަތު އިތުރު 5 އަހަރުގެ ދައުރަކަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. 

މި ކަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 50 މެންބަރުންގެ އިއްތިފާގުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި މައްސަލަ ދިރާސާކުރުމަށްފަހު، ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ވަނީ ނިޢުމާތުއާ އިންޓަވިއުކޮށް، އޭނާގެ މަގާމުގެ މުއްދަތު އިތުރުކުރުމަށް ފެންނަކަމަށް ނިންމައި، މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައެވެ.

ނިޢުމާތު ޝަފީގު މި މަޤާމަށް ފުރަތަމަ އައްޔަންކުރެވުނީ 2020 ޖުލައި 23 ގައި ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކުގައެވެ. އޭނާގެ ފުރަތަމަ ދައުރު ހަމަވާނީ މި މަހުގެ 23 ވަނަ ދުވަހުއެވެ.

ޗިލްޑްރަންސް އޮމްބަޑްސް ޕަރސަންގެ މައިގަނޑު މަސްޢޫލިއްޔަތުތަކުގެ ތެރޭގައި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ދައުލަތުގެ އިދާރާތަކުން ޢަމަލުކުރާ މިންވަރު ބެލުމާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ މުޢާހަދާއާ އެއްގޮތަށް ދައުލަތުގެ އިދާރާތަކުން ޢަމަލުކުރޭތޯ ބެލުން ހިމެނެއެވެ.

މީގެއިތުރުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ޙަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުން މޮނިޓަރކޮށް، އިވެލުއޭޓްކުރުމާއި، އެފަރާތްތަކުގެ ޢަމަލުތައް ތަޙްޤީޤުކުރުމަކީވެސް މި މަޤާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމަށް ކަނޑައެޅިފައިވާ މުސާރައަކީ 25,000 ރުފިޔާ ކަމަށްވާއިރު، 10,000 ރުފިޔާގެ އެލަވަންސްއެއް ލިބޭގޮތަށް ހަމަޖެހިފައިވެއެވެ. މިއާއެކު ޖުމްލަ 35,000 ރުފިޔާ މަހަކު ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން