ޚަބަރު
އިއްޔެ ހެނދުނު މާލެ މާފަންނު އަވަށުން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންތަކެއް ހައްޔަރުކޮށްފި

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހައްޔަރުކުރުމުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ: އިމިގްރޭޝަން
އިއްޔެ ހެނދުނު މާލެ ސިޓީގެ މާފަންނުގައި ހިންގި އޮޕަރޭޝަނެއްގައި މާލޭގައި ޤަވާއިދާ ޚިލާފަށް އުޅޭ އިތުރު ބިދޭސީންތަކެއް ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަނުން ބުނެފައިވަނީ ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، ޓާސްކް ފޯސްއިން ވަނީ އިއްޔެ ހެނދުނު މ.އަސަރީހިނގުން އަދި އަސަރީ ގޯޅިގައި ބިދޭސީން ހަރަކާތްތެރިވާ ތަންތަނަށް އަމާޒުކޮށް ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި ކަމަށެވެ.
އެގޮތުން، މި އޮޕަރޭޝަނުގައި ޖުމްލަ 57 ފަރާތެއް ޗެކްކޮށް، ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިއަ 09 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި ވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
މީގެ ތެރޭގައި 08 ފިރިހެނުންނާއި 01 އަންހެނަކު ހިމެނޭ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، ޓާސްކް ފޯސްއިން ވަނީ އިއްޔެ ހެނދުނު މ.އަސަރީހިނގުން އަދި އަސަރީ ގޯޅިގައި ބިދޭސީން ހަރަކާތްތެރިވާ ތަންތަނަށް އަމާޒުކޮށް ރެއިޑް އޮޕަރޭޝަނެއް ކުރިއަށް… pic.twitter.com/ur5oqKA30F
— Maldives Immigration (@ImmigrationMV) July 21, 2025
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފެއްޓެވި މަސައްކަތުގެ ދަށުން ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ގިނަ ޢަދަދެއްގެ ބިދޭސީން ހައްޔަރުކޮށް ގިނަ ބަޔަކު ޑީޕޯޓު ކޮށްފައިވެއެވެ.