Ads by Stelco

ޚަބަރު

ހުޅުމާލޭގައި ޕާކުކުރުން މަނާ ސަރަޙައްދުތަކުގައި ހުރި ސައިކަލްތައް ޓޯކުރަން ފަށައިފި

ހުޅުމާލޭގައި ޕާކުކުރުން މަނާ ސަރަޙައްދުތަކުގައި ހުރި ސައިކަލްތައް ޓޯކުރަން ފަށައިފި

ކަފިހި ހުރަސް މަތީގައި ޕާކުކޮށްފައި ހުރި ވެހިކަލްތަކެއް، ފޮޓޯ: ޕޮލިސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

21 ޖުލައި 2025، 06:51

21 ޖުލައި 2025، 06:51

ހުޅުމާލޭގައި ޕާކުކުރުން މަނާ ސަރަޙައްދުތަކުގައި ޕާކުކޮށްފައި ހުރި ސައިކަލްތައް ފުލުހުން ޓޯކުރަން ފަށައިފިއެވެ. 

ހުޅުމާލެ ޓްރެފިކް ޕޮލިހުން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ޓްރެފިކް ޤަވާއިދާ ޚިލާފަށް ހުޅުމާލޭގެ މަގުތަކުގައި ޕާކުކޮށްފައި ހުރި ވެހިކަލްތައް ޓޯކުރަމުން އަންނަކަމަށެވެ.

ފުލުހުން ޓޯކުރަމުންދާ ވެހިކަލްތަކުގެ ތެރޭގައި ކަފިހި ހުރަސްތަކުގެ މަތީގައި ޕާކުކޮށްފައި ހުންނަ ވެހިކަލާއި ޑަބަލް ލައިން މަތީގައި ޕާކުކޮށްފައި ހުންނަ ވެހިކަލް ހިމެނެއެވެ. 

ހުޅުމާލޭގައި ޕާކުކުރުން މަނާ ސަރަޙައްދުތަކުގައި ހުރި ސައިކަލްތައް ޓޯކުރަން ފަށައިފި

ހުޅުމާލޭގެ މަގުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ވެހިކަލްތައް ނެގުން، ފޮޓޯ: ޕޮލިސް

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މަސައްކަތަކީ، މަޤުތަކަކީ އެންމެނަށް ވެސް ރައްކާތެރި ތަނަކަށް ހެދުމުގެ ގޮތުން ފަށާފައިވާ މަސައްކަތެކެވެ. 

ހުޅުމާލޭގެ އިތުރުން މާލޭގައި ވެސް ވެހިކަލް ޕާކްކުރުން މަނާ މަގުތަކުގައި ޕާކްކުރާ ވެހިކަލްތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ. މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްގެން 420 ވެހިކަލް މިދިޔަ މަހު ވެސް ޓޯކުރިއެވެ.

ޓޯކުރާ ވެހިކަލްތައް ފުލުހުން ދޫކުރަނީ 750ރ. އިން ޖޫރިމަނާކޮށް އެ ފައިސާ ދެއްކުމުންނެވެ. މީގެ އިތުރުން، ކުރިން ކޮށްފައި ހުރި ޖޫރިމަނާތަކާއި އެހެން ފީތައް ވެސް ދައްކަންޖެހެއެވެ. އަދި އެންމެ އަވަހަށް ސައިކަލު ދޫކުރަނީ 48 ގަޑިއިރު ފަހުންނެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން