ޚަބަރު
އުއްތަމަ ފަނޑިޔާރު، މަޤާމުން ރިޓަޔާކުރައްވައިފި

އުއްތަމަ ފަނޑިޔަރު އަހްމަދު މުއުތަސިމް އަދުނާން

ފަރުދުން
20 ޖުލައި 2025، 05:32
20 ޖުލައި 2025، 05:32
އުއްތަމަ ފަނޑިޔާރު، އަޙްމަދު މުޢުތަޞިމް ޢަދުނާން މަޤާމުން ރިޓަޔާކުރައްވައިފިއެވެ.
ޖޭއެސްސީ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ފަނޑިޔާރުންގެ ރިޓަޔަރމަންޓް ޤަވާއިދުގެ ދަށުން ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް އަޙްމަދު މުޢުތަޞިމް ޢަދުނާން، މާދަމާއިން ފެށިގެން ފަނޑިޔާރުކަމުން ޝަރަފުވެރިކަމާއެކު ރިޓަޔަރކޮށްދިނުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
އުއްތަމަފަނޑިޔާރު އޮނަރަބަލް އަޙްމަދު މުޢުތަޞިމް ޢަދުނާން ވަނީ ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރުގެ ހައިސިއްޔަތުން އަދި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން 09 އަހަރާއި 07 މަހާއި 12 ދުވަހު ޝަރުޢީ ދާއިރާއަށް ޚިދުމަތް ކުރައްވާފައެވެ.
އުއްތަމަފަނޑިޔާރު ރިޓަޔަރކުރައްވަން ނިންމެވުމާ ގުޅިގެން އެ މަޤާމަށް ބޭފުޅަކު ހަމަޖެހެންދެން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓު ހިންގެވުން އެ ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޢަބްދުﷲ ޙަމީދުއާ ޙަވާލުކުރުމަށް 17 ޖުލައި 2025 ގައި ބޭއްވުނު ކޮމިޝަނުގެ 26 ވަނަ ޖަލްސާގައި ނިންމާފައިވާކަމަށްވެސް ބަޔާނުގައިވެ އެވެ.