ޚަބަރު
އިންޑިޔާގެ ބޮޑުވަޒީރު މޯދީ ދިވެހިރާއްޖެއަށް

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ.

ފަރުދުން
20 ޖުލައި 2025، 12:46
20 ޖުލައި 2025، 12:46
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރަސްމީ ދަޢުވަތުފުޅަކާ ގުޅިގެން، އަވަށްޓެރި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ދިވެހިރާއްޖެއަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ހާމަކޮށްފިއެވެ. މި "ސްޓޭޓް ވިޒިޓް" ކުރިއަށް ދާނީ މިޖުލައި މަހުގެ 25 ވަނަ ދުވަހުން 26 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ މޯދީގެ އަދުގެ ދައުރުގައި އެމަނިކުފާނު ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މިދަތުރުފުޅުގައި، އިންޑިޔާގެ ބޮޑުވަޒީރު މޯދީ އާއި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު އާ ދެބޭފުޅުން މުހިންމު މަޝްވަރާ ތަކެއް ކުރައްވާނެއެވެ. މީގެ ތެރޭގައި، ދެޤައުމުގެ ގުޅުންތައް ބަދަހިކުރުމާއި، ދެޤައުމުން ގުޅިގެން ހިނަގަން ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ މަޝްވަރާތައް ހިމެނެއެވެ. މޯދީގެ މި ޒިޔާރަތްފުޅުގައި ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި، އިންޑިޔާ އާއި ރާއްޖެ އާ ދެމެދު ޚާރިޖީ ގުޅުންތައް ބާއްވާތާ 60 އަހަރު ފުރުމުގެ ދެ މުނާސަބަތު ފާހަގަކުރެވިގެންދާނެއެވެ.