Ads by Stelco

ޚަބަރު

މިނިވަން ދުވަސް ފާހަގަކުރުމަކީ މިނިވަންކަމުގެ ޙަޤީޤީ މާނަ އަދުގެ ޒުވާން ޖީލަށް ދެއްކުމަށް ލިބޭ ފުރުޞަތެއް: ވަޒީރު އާދަމް ނަޞީރު

މިނިވަން ދުވަސް ފާހަގަކުރުމަކީ މިނިވަންކަމުގެ ޙަޤީޤީ މާނަ އަދުގެ ޒުވާން ޖީލަށް ދެއްކުމަށް ލިބޭ ފުރުޞަތެއް: ވަޒީރު އާދަމް ނަޞީރު

ވަޒީރު އާދަމް ނަސީރު އިބްރާހިމް. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 ޖުލައި 2025، 12:12

19 ޖުލައި 2025، 12:12

މިނިވަން ދުވަސް ފާހަގަކުރުމަކީ މިނިވަންކަމުގެ ޙަޤީޤީ މާނަ އަދުގެ ޒުވާން ޖީލަށް ދެއްކުމަށް ލިބޭ ފުރުޞަތެއްކަމަށް ދިވެހި ބަހާ ޘަޤާފަތާ ތާރީޚާ ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު ވިދާޅުވެއްޖެއެވެ.

ވަޒިރު އާދަމް ނަސީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތު ފާހަގަކުރުމަށް ސަރުކާރުން ރާވާފައިވާ ޙަރަކާތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތު ފާހަގަކުރުމަށް ސަރުކާރުން ރާވާފައިވާ ޙަރަކާތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން، ވަޒީރު ވިދާޅުވީ މިނިވަން ބަޔަކަށް ދިވެހިން ވެފައިވަނީ ދިވެހީންގެ ވިސްނުމާއި، އުންމީދާއި އަދި ހިތްވަރުގެ ސަބަބުންނެވެ.

މިނިވަން ދުވަހުގެ ޖަލްސާ އަކީ ހަނދާން އައު ކޮށްދިނުމުގެ ވަރަށް ޚާއްސަ ރަސްމިއްޔާތެއް. އެ ޖަލްސާގައި މިނިވަންކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލާ، ދައުލަތަށް ޚިދުމަތްކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް، ދިވެހިން ކުރި ތަޖުރިބާގެ ވާހަކަތައް އަލުން ކިޔައިދެވޭ. މިއީ ޤައުމެއްގެ ގޮތުގައި ދެމި ތިބުމުގެ ފުރިހަމަ އިލްހާމްތައް ހިތްތަކަށް އަލުން ގެނެސްދޭނެ ކަމެއް،  

ވަޒީރު އާދަމް ނަސީރު

މިނިވަންކަމަށް 60 އަހަރު ފުރޭ މި އުފާވެރި މުނާސަބަތު ފާހަގަކުރުމަށް ސަރުކާރުން ވަނީ ގިނަ ޙަރަކާތްތަކެއް ރާވާފައެވެ. މީގެ ތެރޭގައި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގެ އިތުރުން ދިދަ ނެގުމުގެ ރަސްމިއްޔާތާއި، ދުވަހާ ގުޅޭ ޚާއްސަ ލައިވްއަތޯނެއް ހިމެނެއެވެ.

މީގެއިތުރުން، ޤައުމީ ދިފާޢީ ބާރާއި ގައުމީ ކެޑޭޓްކޯގެ މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ އިތުރުން، ސްކޫލްތަކުގެ ކުޅިވަރާއި ސަގާފީ އައިޓަމްތައް ދައްކާލުމުގެ ޙަރަކާތްތައް ވެސް ވަނީ ރޭވިފައެވެ. އަދި މާލެ އަދި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ފުޅަނދުބުރު ދައްކާލުން ވެސް މިފަހަރުގެ ފާހަގަކުރުންތަކުގެ ތެރޭގައި ހިމެނެއެވެ. 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން