Ads by Stelco

ޚަބަރު

ކުށުގެ ވެއްޓަށް ވަދެފައިވާ ކުއްޖަކަށް ދެވަނަ ފުރުޞަތެއް ދިނުން މުހިންމު: ވަޒީރު އިޙްސާން

ކުށުގެ ވެއްޓަށް ވަދެފައިވާ ކުއްޖަކަށް ދެވަނަ ފުރުޞަތެއް ދިނުން މުހިންމު: ވަޒީރު އިޙްސާން

ވަޒީރު ޢަލީ އިޙްސާން، ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ޖުލައި 2025، 09:33

17 ޖުލައި 2025، 09:33

ކުށުގެ ވެއްޓަށް ވަދެފައިވާ ކުއްޖަކަށް ދެވަނަ ފުރުޞަތެއް ދިނުމަކީ، އެ ކުއްޖާގެ އަތުގައި ހިފައި، ހެޔޮ މަގަށް އަނބުރާ ގެނައުމާއެއްފަދަ ކަމެއްކަމަށް ދާޚިލި ސަލާމަތާއި ފަންނީއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެެއްޖެއެވެ. 

ވަޒީރު މިހެން ވިދާޅުވީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ ތެރޭގައި މަސައްކަތްކުރައްވާ މުއައްސަސާތައް އިތުރަށް ހަރުދަނާކުރުމުގެ މަޤްޞަދުގައި ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން އިސްނަންގަވައިގެން ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ކުށުގެ ވެއްޓަށް ވަދެފައިވާ ކުއްޖަކަށް ދެވަނަ ފުރުސަތު ދިނުމުގެ ސަބަބުން އެ ކުއްޖާއަށާއި އޭނާގެ ޢާއިލާއަށް އައު އުއްމީދެއް ލިބިގެންދާނެކަމަށާއި، މިއީ މި ނިޒާމުގެ އަސްލު މަޤްޞަދުކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ޖުވެނައިލް ޖަސްޓިސްގެ މައިގަނޑު މަޤްޞަދަކީ، ރެސްޓޮރޭޓިވް އުސޫލުތަކުގެ މައްޗަށް ބިނާކޮށް، ކުޑަކުދިންނަށް އިންސާފުވެރި ނިޒާމެއް ޤާއިމުކުރުން ކަމަށެވެ. އަދި މި ނިޒާމުގެ އަމާޒަކީ، ކުށުގެ ވެށީގައި އުޅޭ ކުޑަކުދިންނަށް އަލުން ފުރުޞަތު ދިނުމާއި، އެކުދިންގެ މުސްތަޤުބަލު އުޖާލާކޮށްދިނުން ކަމުގައި ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، ކުށުގެ ވެއްޓަށް ވަދެފައިވާ ކުއްޖަކަށް ދެވަނަ ފުރުޞަތެއް ދިނުމަކީ، އެ ކުއްޖާގެ އަތުގައި ހިފައި، ހެޔޮ މަގަށް އަނބުރާ ގެނައުމާއެއްފަދަ ކަމެއްކަމަށެވެ. އަދި މިކަމުގެ ސަބަބުން، އެ ކުއްޖާއަށާއި އޭނާގެ ޢާއިލާއަށް އައު އުއްމީދެއް ލިބިގެންދާނެކަމަށް ވެސް ފާހަގަކުރެއްވިއެވެ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންނަށް ލިބޭ ކާމިޔާބު ގިނަ އަޅުގަނޑުމެންގެ އަތުން ނެއްޓިގެންދާ ކަންކަމަށް ވުރެ. އެހެންނަމަވެސް އެންމެ ކުއްޖެއްވެސް އަޅުގަނޑުމެންގެ ނިޒާމުގެ ތެރެއިން ކެޕްޗަރ ނުކުރެވި، ނުވަތަ އެކަމަށް އެންމެ އެދޭވޭ ހައްލު ނުދެވި، ނުވަތަ އެކުއްޖާއަށް ދޭންޖެހޭ އުންމީދު ނުދެވި، ނުވަތަ ފުރުސަތު ހޯދާނުދެވިއްޖެނަމަ އެއީ އަޅުގަނޑެމެން ކަންބޮޑުވާންޖެހޭ ކަމެއް.   

ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.

ޑީޖޭޖޭއިން ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގައި ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ހިއްސާވާ މުއައްސަސާތަކަށް ދިމާވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ވަޒީރު ވިދާޅުވީ މި ތަމްރީނު ޕްރޮގްރާމުން ދަސްވި ކަންކަން ޢަމަލީ މައިދާނުގައި ބޭނުންކޮށް، މި ނިޒާމުގައި ހުރި ހުސްކަންތައް ދެނެގަނެ، އެކަންކަން ޙައްލުކުރުމަށް މަސައްކަތްކުރުން މުހިންމު ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން