Ads by Stelco

ޚަބަރު

އަސްކޮއި ގްރޫޕްގެ މައްސަލަ: އިތުރު ފަރާތަކަށް ލަނޑު ލިބިފައިވާނަަމަ ފުލުހަށް ރިޕޯޓުކުރުމަށް އެދިއްޖެ

އަސްކޮއި ގްރޫޕްގެ މައްސަލަ: އިތުރު ފަރާތަކަށް ލަނޑު ލިބިފައިވާނަަމަ ފުލުހަށް ރިޕޯޓުކުރުމަށް އެދިއްޖެ

ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ބިލްޑިންގ. ފޮޓޯ: ފޭސްބުކް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ޖުލައި 2025، 07:52

17 ޖުލައި 2025، 07:52

އަސްކޮއި ޙައްޖު އެންޑް ޢުމްރާ ޓުއަރސް ޕްރައިވެޓް ލިމިޓެޑުން މީހުން ޢުމްރާއަށް ގެންދާނެކަމަށް ބުނެ ފައިސާ ނެގުމަށްފަހު އިންތިޒާމު ހަމަޖައްސައި ނުދިން މައްސަލައިގައި އިތުރު ފަރާތްތަކެއް ހިމެނޭނަމަ އެކަން ފުލުހުންނަށް ހުށަހެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދެފިއެވެ.

މި މައްސަލައިގައި ހިމެނޭ ފަރާތްތަކުން މީސްމީޑިއާގައި ހިއްސާކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ފައިސާ ދެއްކުމަށްފަހު، ފުރުމަށް ހަފްތާއެއްވެފައި ވަނިކޮށް އުމްރާއަށް ނުދެވޭނެކަމަށް އެ ގްރޫޕުން ވަނީ އަންގާފައެވެ. އަދި އޭގެ ކުރިން ޢުމްރާއަށް ދެވޭނެ ކަމުގެ ޔަޤީންކަން ދީ، ފުރަން މާލެ އައުމަށްވެސް ރަށްރަށުގައި ތިބި ފަރާތްތަކަށް އެ ގްރޫޕުން ވަނީ ދަޢުވަތު ދީފައެވެ.

ފުލުހުން މަޢުލޫމާތު ދެއްވިގޮތުގައި، މި މައްސަލަ މިހާރުވަނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުން ތަޙުޤީޤު ކުރަމުންނެވެ. އަދި މިކަމާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކާއެކު މަޝްވަރާކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މިފަދަ މައްސަލައެއް ދިމާވެފައިވާ އިތުރު ފަރާތްތަކުން 9790048 ނަންބަރަށް ގުޅައި ނުވަތަ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ހާޒިރުވެ މައްސަލަ ހުށަހެޅުމަށް ފުލުހުން އެދިވަޑައިގެންފައިވެއެވެ.

މި މައްސަލައާ ގުޅޭގޮތުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވަނީ މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، ގަވާއިދާ އެއްގޮތަށް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި މީގެ ކުރިން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާއި އެ ގްރޫޕާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފުވުމާ ގުޅިގެން، އެ ގްރޫޕް 130,000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަން ފާހަގަކުރެވެއެވެ.

އަސްކޮއި ގްރޫޕުން މީގެ ކުރިންވެސް މިއަހަރުގެ ރަމަޟާން މަހުގެ ޢުމްރާއަށް ދުރާލާ ފައިސާ ދައްކާފައިވާ ބަޔަކު އުމްރާއަށް ނުގެންދިޔުމުގެ މައްސަލައެއް ދިމާވެފައިވެއެވެ. އެ މައްސަލައިގައި ރީފަންޑު ފައިސާ އަނބުރާ އެ ފަރާތްތަކާ ޙަވާލުކުރުމަށް އޭރު އަންގާފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން