Ads by Stelco

ޚަބަރު

ރައީސް މުޢިއްޒު އިނގިރޭސި ރަސްގެފާނު ޗާލްސް ތިންވަނައާއި އެކު ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި

ރައީސް މުޢިއްޒު އިނގިރޭސި ރަސްގެފާނު ޗާލްސް ތިންވަނައާއި އެކު ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި

ރައިސް މުޢިއްޒު އަދި ކިންގް ޗާލްސް ތިންވަނަ. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ޖުލައި 2025، 05:17

17 ޖުލައި 2025، 05:17

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ވިންޑްސަރ ކާސަލްގައި އިނގިރޭސި ރަސްގެފާނު ޗާލްސް ތިންވަނައާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ދުވަސްވީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މި ބައްދަލުވުމަކީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރި ތާ 60 އަހަރު ފުރުމުގެ ކުރިން ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.

ދެ ޤައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރެވުނު ފަހުން ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި އެކި ދާއިރާތަކުން ގުޅުން ބަދަހިވެ، އެއްބާރުލުން އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. މި ބައްދަލުވުމަކީ މި ގުޅުން އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެންދާނެ މުހިންމު ބައްދަލުވުމެއް ކަމުގައި ބެލެވެއެވެ.

ރައީސް މުޢިއްޒު މިހާރު އިނގިރޭސިވިލާތައް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ އިސް ފަރާތްތަކާއެކު ގިނަ މުހިންމު ބައްދަލުވުންތަކެއް ބާއްވަވާނެ ކަމަށް ވަނީ ހާމަކުރައްވާފައެވެ.

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން