Ads by Stelco

ޚަބަރު

ސެޕްޓެމްބަރު މަހުގެ ނިޔަލަށް މާލެ ސަރަހައްދުގެ ސްކޫލްތަކުން ކުދިންނަށް ޖާގަދީ ނިމޭނެ: ތަޢުލީމީ ވުޒާރާ

ސެޕްޓެމްބަރު މަހުގެ ނިޔަލަށް މާލެ ސަރަހައްދުގެ ސްކޫލްތަކުން ކުދިންނަށް ޖާގަދީ ނިމޭނެ: ތަޢުލީމީ ވުޒާރާ

އިސްކަންދަރު ސްކޫލްގެ ދަރިވަރުންތަކެއް. ފޮޓޯ: އިސްކަންދަރު ސްކޫލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ޖުލައި 2025، 03:32

17 ޖުލައި 2025، 03:32

މާލެ ސަރަޙައްދުގެ ސްކޫލްތަކަށް ވަންނަ ދަރިވަރުންނަށް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޖާގަތައްދީ ނިންމާނެކަމަށް ތަޢުލީމީ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

2026 ވަނަ އަހަރުގެ ދިރާސީ އައު އަހަރަށް މާލެ ސަރަޙައްދުގެ ސްކޫލްތަކަށް އަތޮޅުތަކުން 700 އަށްވުރެ ގިނަ ދަރިވަރުން ބަދަލުވާނެކަމަށް ލަފާކުރެވޭ ކަމަށް ތަޢުލީމީ ވުޒާރާގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮފެޝަނަލް ޢަބްދުލް ވަލިއްޔު ޢަލީ ވިދާޅުވިއެވެ. އަދި ގްރޭޑް އެކަކަށް 2000 އަށްވުރެ ގިނަ ދަރިވަރުންނާއި އެލްކޭޖީއަށް 1800 އަށްވުރެ ގިނަ ދަރިވަރުން ވަންނާނެކަމަށް އަންދާޒާކުރެވޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

"އެއްވެސް ދަރިވަރަކު ބާކީނުކޮށް ދަރިވަރުން ދިރިއުޅޭ ސަރަޙައްދުގެ ސްކޫލްތަކަށް އުޞޫލްގެ ތެރެއިން ޖާގަލިބޭނެ،" ޢަބްދުލް ވަލިއްޔު ވިދާޅުވިއެވެ.

ތަޢުލީމީ ވުޒާރާއިން މިދިޔަ އަންގާރަ ދުވަހު ވަނީ 2026 ވަނަ އަހަރުގެ ދިރާސީ އައު އަހަރު ސަރުކާރުގެ ސްކޫލްތަކުގެ އެލްކޭޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް ހުޅުވާލާފައެވެ. މި ފުރުސަތު 31 އޮގަސްޓްގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ފޯމު ހުށަހެޅޭނީ myoffice.moe.gov.mv މެދުވެރިކޮށެވެ.

މިހާރު ހިނގަމުންދާ ދިރާސީ އަހަރުގައި މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް 1 އަށް 2000 އަށްވުރެ ގިނަ ދަރިވަރުން ވަނީ އަލަށް ވައްދާފައެވެ. އަދި މުޅި ރާއްޖެއިން 5000 އަށްވުރެ ގިނަ ކުދިން ގްރޭޑް 1 އަށް ވައްދާފައިވާއިރު، މިހާރު ކުރިއަށްދާ ދިރާސީ އަހަރުގައި ސަރުކާރުގެ 217 ސްކޫލެއްގައި 84000 އެއްހާ ދަރިވަރުން ތަޢުލީމު ޙާޞިލްކުރަމުން ގެންދެއެވެ.

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން