Ads by Stelco

ޚަބަރު

ދަނޑުވެރިކަމާ ބެހޭ ކަންކަން ސަޢޫދީ ސަފީރާ އެކު މަޝްވަރާކުރައްވައިފި

ދަނޑުވެރިކަމާ ބެހޭ ކަންކަން ސަޢޫދީ ސަފީރާ އެކު މަޝްވަރާކުރައްވައިފި

ސަޢޫދީ ސަފީރާއި ވަޒީރު މާރިޔާ ބައްދަލުކުރައްވަނީ.

farudhun logo

ފަރުދުން

17 ޖުލައި 2025، 11:50

17 ޖުލައި 2025، 11:50

ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖޭއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަލްފާޟިލް ޔަޙްޔާ ބިން ޙަސަން އަލްޤަޙްޠާނީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ދިވެހި ވަޒީރު ޑރ. މަރްޔަމް މާރިޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ޒިޔާރަތުގައި ދެބޭފުޅުން ވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ގުޅޭ ކަންކަން މަޝްވަރާކުރައްވާފައެވެ. މިގޮތުން، ދަނޑުވެރިކަން ތަރައްޤީކުރުމާއި، ކާބޯތަކެތީގެ ރައްކާތެރިކަމާއި، ޖަނަވާރުންގެ ދުޅަހެޔޮކަމުގެ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގޮތުން ދެބޭފުޅުން ވަނީ ޚިޔާލުބަދަލުކުރައްވާފައެވެ.

ސަޢޫދީ ސަފީރާ ވެވުނު މިބައްދަލުވުމަކީ، ރާއްޖޭގެ ތިމާވެށްޓާއި ދަނޑުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރަމުން ގެންދާ މުހިންމު މަސައްކަތްތަކުގައި ހިމެނިގެން ދިޔަ ބައްދަލުވުމެކެވެ. ފާހަގަކޯށްލެވޭ ގޮތުގައި، މިމަހުގެ 15 ވަނަ ދުވަހު، ރުކުގެ ފަނިފަކުސާ ނައްތާލުމުގެ އެއްބަސްވުމެއްގައި ވަޒީރު މާރިޔާ ވަނީ ޗައިނާ ސަރުކާރާ އެކު ސޮއިކުރައްވާފައެވެ. މީގެ އިތުރުން، ފުވައްމުލަކުގައި ބިނާކުރާ ޤައުމީ ލެބޯޓަރީ އަކީ ވެސް ދަނޑުވެރިކަމަށް މުހިންމު ދިރާސާތަކެއް ކުރުމަށް ޤާއިމް ކުރާ ވަޞީލަތެކެވެ. މިއެންމެހައި ކަންކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ޞިނާޢަތު ކުރިއަރައި، އިޤުތިޞާދަށް ހެޔޮ ބަދަލު ތަކެއް އައުމަކީ ސަރުކާރުގެ އުންމީދެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން