Ads by Stelco

ޚަބަރު

އިނގިރޭސި ފޮރިން ސެކްރެޓަރީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައިފި

އިނގިރޭސި ފޮރިން ސެކްރެޓަރީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައިފި

އިނގިރޭސި ފޮރިން ސެކްރެޓަރީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ޖުލައި 2025، 10:18

16 ޖުލައި 2025، 10:18

އިނގިރޭސިވިލާތުގެ ސްޓޭޓް ފޯރ ފޮރިން، ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް އެފެއާޒްގެ ސެކްރެޓަރީ، ރައިޓް އޮނަރަބަލް ޑޭވިޑް ލެމީ އެމް.ޕީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބޭއްވުނީ ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތައް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. ޚާއްޞަކޮށް މަސްވެރިކަމުގެ ދާއިރާއާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އެޅިދާނެ ފިޔަވަޅުތަކާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކުރުމާއި، ތަޢުލީމީ ދާއިރާއިން ލިބޭ ފުރުސަތުތައް އިތުރުކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.

މީގެއިތުރުން، އެހެނިހެން މުހިންމު ދާއިރާތަކުން ދެ ގައުމުގެ މެދުގައި އިތުރު އެއްބާރުލުން ހޯދޭނެ ގޮތްތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަން އިތުރަށް ވަރުގަދަކުރުމަށް ދެފަރާތުންވެސް ވަނީ އެއްބަސްވެފައެވެ.

ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރެވިފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހުއެވެ. އެއީ ދިވެހިރާއްޖެ މިނިވަންވި ދުވަހެވެ. އޭގެ ފަހުން ފެށިގެން މިއަދާ ހަމައަށްވެސް ދެ ޤައުމުގެ ދެމެދުގައި ވަރަށް ރަނގަޅު ގުޅުމެއް ދެމެހެއްޓިފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން