Ads by Stelco

ޚަބަރު

މިނިވަން ދުވަހުގެ ޚާއްޞަ ރަސްމިއްޔާތަަށް ރާއްޖޭގެ ރައީސް ކަން ކުރެއްވި ހުރިހާ ބޭފުޅުންނަށް ދަޢުވަތުއަރުވަނީ

މިނިވަން ދުވަހުގެ ޚާއްޞަ ރަސްމިއްޔާތަަށް ރާއްޖޭގެ ރައީސް ކަން ކުރެއްވި ހުރިހާ ބޭފުޅުންނަށް ދަޢުވަތުއަރުވަނީ

މިނިވަން ދުވަހުގެ ހަރަކާތްތަކެއް ކުރިއަށްދަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ޖުލައި 2025، 09:54

16 ޖުލައި 2025، 09:54

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާއަށް ރާއްޖޭގެ ކުރީގެ އެންމެހާ ރައީސުންނާއި ނައިބު ރައީސުންނަށް ދަޢުވަތު އެރުވުމަށް ސަރުކާރުން ނިންމައިފިއެވެ.

ދިވެެހި ބަހާ ތާރީޚާއި ސަޤާފަތާ ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވި ގޮތުގައި، މި އަހަރުގެ މިނިވަން ދުވަހުގެ ޖަލްސާ އަމާޒުކުރެވިފައިވަނީ ޤައުމީ އެއްބައިވަންތަކަމުގެ ރޫހު އާލާކުރުމަށެވެ.

 މިނިވަންކަމުގައި އެ ހުރިހާ ބޭފުޅުންގެ އަގު ސަރުކާރުން ވަޒަންކުރައްވާތީ ދައުވަތު އަރުވަނީ  

ވަޒީރު އާދަމް ނަސީރު

ޖުލައި 27 ވަނަ ދުވަހުގެ ހެނދުނު 8:30 ގައި ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާއަކީ 1,500 މެހުމާނުންނަށް ދައުވަތު އެރުވޭ ބޮޑު ޖަލްސާއެކެވެ. މީގެ އިތުރުން، ޖުލައި 26 ވަނަ ދުވަހުގެ ރޭ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށްވެސް ކުރީގެ ރައީސުންނަށް ދައުވަތު އެރުވުމަށް ވަނީ ހަމަޖެހިފައެވެ.

ޤައުމަށް ޚިދުމަތް ކުރައްވާފައިވާ ކުރީގެ ރައީސުންނާއި ނައިބު ރައީސުންނަށް ޙައްޤު އިޙްތިރާމާއި ޝަރަފު އަރުވައި ގަދަރުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު މި ޤައުމަށް ގެންނަވަން ބޭނުންފުޅުވާ އަޚްލާޤީ ބަދަލުގެ އެއް ނަމޫނާ ކަމަށް ވަޒީރު އާދަމް ނަސީރު ފާހަގަކުރެއްވިއެވެ.

މި އަހަރުގެ މިނިވަން ދުވަހުގެ ޖަލްސާއަކީ ޤައުމީ އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ރޫހު އައުކޮށް، ޤައުމީ ޚިދުމަތްތެރިންގެ އަގު ވަޒަންކުރުމުގެ މުހިންމު މަޤްޞަދެއް ހާސިލުކުރުމަށް ބާއްވާ ޖަލްސާއެއް ކަމުގައި ސަރުކާރުން ބުނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން