Ads by Stelco

ޚަބަރު

ޗާގޯސް އާއި ގުޅުވައިގެން ގީލާ ދެއްކެވި ވާހަކަތަކެއް ކަަމަށް ބައެއް މީޑިއާތަކުން ފަތުރަމުންދަނީ ދޮގުވާހަކަތަކެއް: ޚަލީލް

ޗާގޯސް އާއި ގުޅުވައިގެން ގީލާ ދެއްކެވި ވާހަކަތަކެއް ކަަމަށް ބައެއް މީޑިއާތަކުން ފަތުރަމުންދަނީ ދޮގުވާހަކަތަކެއް: ޚަލީލް

ޚާރިޖީ ވަޒީރު ޑރ ޢަބްދުﷲ ޙަލީލް. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ޖުލައި 2025، 07:20

16 ޖުލައި 2025، 07:20

ޗާގޯސް އާއި ގުޅުވައިގެން ރާއްޖެއިން ބެލްޖިއަމްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ގީލާ ޢަލީ ދެއްކެވި ވާހަކަފުޅު ތަކެއް ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުންދަނީ ދޮގުވާހަކަތަކެއް ކަމަށް ޚާރިޖީ ވަޒީިރު ޑރ ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައި ޚަލީލް ވިދާޅުވެފައިވަނީ ޗާގޯސް އަކީ ދިވެހިރާއްޖޭގެ ތަނެއް ނޫން ކަމަށާއި ހޯދަންވެސް ނޫޅޭކަމަށް ރާއްޖެއިން ބެލްޖިއަމްއަށް ކަނޑައަޅާފައިވާ ސަފީރު ގީލާ ޔޫރަޕިއަން ޕާލިމަންޓުގައި، ވިދާޅުވެފައިވާ ކަމަށް ބުނެ ބައެއް އޮންލައިން މީޑިއާތަކުގައި ރިޕޯޓްކޮށްފައިވަނީ ދެއްކެވި ވާހަކަފުޅުތައް އޮޅުވާލައިގެން ކަމަށެވެ.

ސަފީރަށް ޔޫރަޕިއަން ޕާރލިމެންޓުން ކުރައްވާފައިވަނީ ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ ބޭސްއެއް ހުރުމާމެދު، ދެކޭ ގޮތްކަމަށާއި މި ސުވާލަލުގެ ޖަވާބުގައި ސަފީރު ވިދާޅުވެފައިވަނީ ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ ބޭސްއެއް މާކުރިއްސުރެ ޤާއިމުވެފައިވާ ކަމަށާއި، އަދި ދިވެހިރާއްޖެއާއި އެމެރިކާ އާ ދެމެދު އޮތީ ޒަމާންވީ ގާތް ގުޅުމެއް ކަމަށް.  

ޚާރިޖީ ވަޒީރު ޢަބްދުﷲ ޚަލީލް

ޙަޤީގަތަކީ، ކަނޑައެޅިފައިވާ ނިޒާމުތަކާ ޚިލާފަށް، ރައްޔިތުންގެ އަދި ރައްޔިތުންގެ މަޖިލީހުގެ ބަހެއްނެތި، އިތުރު މަގުތައް ހުރިތޯ ނުވަތަ ނެތްތޯ ވެސް ބެލުމެއްނެތި، ފޯޅަވަހީގެ ޙައްޤުތައް ދޫކޮށްލާފައިވަނީ 2022 ވަނަ އަހަރު އެމް.ޑީ.ޕީ.ގެ ސަރުކާރުގެ ސިއްރު ސިޓީއަކުން ކަމަށާއި މިކަން ދިވެހި ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެކަމަށް ވަޒީރު ޚަލީލް ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން