Ads by Stelco

ޚަބަރު

ސްކޫލް ބަންދާ ދިމާކޮށް މޯލްޑިވިއަނުން އިތުރު ދަތުރުތަކެއް ހަމަޖައްސައިފި

ސްކޫލް ބަންދާ ދިމާކޮށް މޯލްޑިވިއަނުން އިތުރު ދަތުރުތަކެއް ހަމަޖައްސައިފި

މޯލްޑިވިއަންގެ ފްލައިޓެއް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ޖުލައި 2025، 05:35

16 ޖުލައި 2025، 05:35

ޤައުމީ އެއަރލައިން މޯލްޑިވިއަނުން ސްކޫލް ބަންދާ ދިމާކޮށް ރާއްޖޭގެ އެތެރޭގެ މަންޒިލްތަކާއި އިންޑިއާގެ ދެ ސިޓީއަކަށް އިތުރު ދަތުރުތަކެއް ހަމަޖައްސައިފިއެވެ.

 މި ދަތުރުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން އޮގަސްޓް 9 އާ ހަމައަށެވެ.

މޯލްޑިވިއަނުން މި ދަތުރުތައް އިތުރުކުރުމަށް ނިންމާފައިވަނީ ސްކޫލް ބަންދާ ދިމާކޮށް އިތުރުވާ ޑިމާންޑަށް އެކަށީގެންވާ ޚިދުމަތެއް ފޯރުކޮށްދިނުމަށެވެ. މިގޮތުން ރާއްޖޭގެ 16 ރަށަކަށާއި އިންޑިއާގެ ދެ ސިޓީއަކަށް އިތުރު ދަތުރުތަކެއް ހަމަޖައްސާފައިވެއެވެ.

އެތެރޭގެ ދަތުރުތަކުގެ ތެރޭގައި ކުޅުދުއްފުށި ސިޓީ، ފުވައްމުލަކު ސިޓީ، ގަން، ކާޑެއްދޫ، ކައްދޫ، ހަނިމާދޫ، މާފަރު، ތިމަރަފުށި، ދަރަވަންދޫ، ފުނަދޫ، މާވަރުލު، އިފުރު، ހޯރަފުށި، ކޫއްޑޫ އަދި ފަރެސްމާތޮޑާ ހިމެނެއެވެ. އަދި އިންޑިއާގެ ޓްރިވެންޑްރަމް އަދި ކޮޗިންއަށް އިތުރު ދަތުރުތަކެއް ހަމަޖައްސާފައިވެއެވެ.

މޯލްޑިވިއަނުން ބުނީ މި ދަތުރުތައް އިތުރުކުރުމަށް ނިންމާފައިވަނީ ސްކޫލް ބަންދާ ދިމާކޮށް ބޭސްފަރުވާއަށާއި ޗުއްޓީ ހޭދަކުރުމަށް ރާއްޖޭގެ އެއްތަނުން އަނެއްތަނަށް ދަތުރުކުރާ މީހުން އިތުރުވާނެތީ ކަމަށެވެ. މީގެ ކުރިންވެސް އެހެން ބަންދުތަކާ ދިމާކޮށް މިފަދަ އިތުރު ދަތުރުތައް ހަމަޖައްސާފައިވާކަން ފާހަގަކުރެވެއެވެ.

މިވަގުތު މޯލްޑިވިއަންގެ ފްލީޓުގައި 25 މަތިންދާބޯޓު ހިމެނޭއިރު، އޭގެ ތެރޭގައި ވައިޑް-ބޮޑީ އެއަރބަސް އޭ330، ނެރޯ-ބޮޑީ އެއަރބަސް އޭ320 މަރުކާގެ މަތިންދާބޯޓުތަކާއި، އޭޓީއާރު މަރުކާގެ 5 މަތިންދާބޯޓު، ޑޭޝް 8 މަރުކާގެ 8 މަތިންދާބޯޓު، އަދި ޑޭޝް 6 މަރުކާގެ ޓްވިންއޮޓާރ 11 މަތިންދާބޯޓު ހިމެނެއެވެ.

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން