Ads by Stelco

ޚަބަރު

މޯލްޑިވްސް ނޭޝަނަލް ސަރވިސް ތަމްރީނުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުމުގެ މަރުޙަލާ މާލޭގައި ފަށައިފި

މޯލްޑިވްސް ނޭޝަނަލް ސަރވިސް ތަމްރީނުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުމުގެ މަރުޙަލާ މާލޭގައި ފަށައިފި

މޯލްޑިވްސް ނޭޝަނަލް ސަރވިސް ތަމްރީނުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުން. ފޮޓޯ: އެމްއެންޑީއެފް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ޖުލައި 2025، 04:41

16 ޖުލައި 2025، 04:41

ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ތަމްރީނުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުމުގެ މަސައްކަތް މާލޭގައި ފަށައިފިއެވެ.

 މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ދިވެހިރާއްޖޭގައި މުޅިން އަލަށް ފަށާ ތަމްރީނު ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ބައިވެރިން ހޮވުމުގެ މަރުޙަލާ މިމަހުގެ 14 ވަނަ ދުވަހު ވަނީ ކުޅުދުއްފުށި ސިޓީ، އދ. މަހިބަދޫ، ލ. ގަން އަދި އައްޑޫ ސިޓީ ހިތަދޫގައި ފަށާފައެވެ. ދިފާޢީ ވުޒާރާއިން ވިދާޅުވިގޮތުގައި، މި މަރުޙަލާގައި ބައިވެރިން އިންޓަރވިއު، މެޑިކަލް ޓެސްޓް، އެޕްޓިޓިއުޑް ޓެސްޓް އަދި ފިޓްނަސް ޓެސްޓްތައް ފުރިހަމަކުރަންޖެހެއެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ޤައުމިއްޔަތަށް ލޯބި ކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކޮށް، މަސައްކަތަށް އަހުލުވެރި އަޚްލާޤް ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް އުފެއްދުމެވެ. އަދި ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ބިނާކުރުމެވެ.

ދިފާޢީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި ޕްރޮގްރާމުގެ ފުރަތަމަ ބުރަށް 350 ބައިވެރިން ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވޭތުވެދިޔަ އެއް މަސްދުވަހުގެ ތެރޭގައި 1244 ޒުވާނުން ވަނީ މި ޕްރޮގްރާމުގައި ބައިވެރިވުމަށް ކުރިމަތިލާފައެވެ.

މި ޕްރޮގްރާމަށް ކުރިމަތިލާފައިވާ ފަރާތްތައް ތަމްރީނަށް ނެގުމުގައި އަމަލުކުރާނީ އެޕްލައިކޮށްފައިވާ ތަރުތީބުން ލިސްޓް ތަރުތީބުކުރުމަށްފަހު، އެ ތަރުތީބަށް ބަލައިގެންކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވިއެވެ. އަދި ތަމްރީނުގެ އެއް ބުރު ނިމުމާއެކު ލަސްނުވެ އަނެއް ބުރުގެ ތަމްރީން ފެށޭނެކަމަށްވެސް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން