ޚަބަރު
"ވިޒިޓް މޯލްޑިވްސް" އަށް ކޮންޓެންޓު ތައްޔާރުކުރުމަށް ހުޅުވާލައިފި

ބެއިޖިންގ ގެ ބައިނަލްއަޤްވާމީ ޓޫރިޒަމް އެކްސްޕޯގައި ރާއްޖެ އިޝްތިހާރުކުރަނީ. / ފޮޓޯ: ވިޒިޓް މޯލްޑިވްސް

ފަރުދުން
16 ޖުލައި 2025، 11:15
16 ޖުލައި 2025، 11:15
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޚިދުމަތްތައް އިޝްތިހާރުކުރުމަށް، 1 އަހަރު ދުވަހުގެ މުއްދަތަކަށް ކްރިއޭޓިވް ކޮންޓެންޓު އަދި ވީޑިއޯ ތައްޔާރުކޮށްދޭނެ ފަރާތަކަށް އެދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން އިން ހުޅުވާލައިފިއެވެ.
ވިޒިޓް މޯލްޑިވްސްއިން ހާމަކުރި ގޮތުގައި، އެ ކޯޕަރޭޝަނުން ބޭނުންވަނީ، ފޯރުކޮށްދެވޭ މަޢުލޫމާތުތަކާ އެއްގޮތައް ވީޑިޔޯ ތައްޔާރު ކޮށްދޭ ވީޑިއޯ ޕްރޮޑަކްޝަން ފާރމް އަކާއި، ކްރިއޭޓިވް ކޮންޓެންޓް ތައްޔާރު ކޮށްދޭނެ ފަރާތެކެވެ.
މިކަމުގެ ޝައުޤު ހުރި ފަރާތްތަކުން 30 ޖުލައި ގައި އަންދާސީ ޙިސާބު ހުށައަޅްނެ ޖެހޭނެއެވެ.
މިމަސައްކަތާ ބެހޭ މަޢުލޫމާތު ސާފުކުރުން 22 ޖުލައި ގައި ބާއްވަން ހަމަޖެހިފައިވާ އިރު، މަޢުލޫމާތު އޮޅުންފިލުވަން އަންނަ ފަރާތްތަކުގެ އަންދާސީ ޙިސާބު ޤަބޫލުނުވާނޭ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން އަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރާ މައި ކުންފުންޏެވެ. އެމްއެމްޕީއާރްސީ ގެ ނަމުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން އަށް ކުންފުނީގެ ނަން ބަދަލުކުރެއްވީ، މިދިޔަ އާދީއްތަ ދުވަހު، ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމުގެ ދަށުންނެވެ.