ކުޅިވަރު / ޚަބަރު

ރާއްޖޭގައި ކުޅިވަރުގެ ފޯރި ގެނެވޭނީ ބައިނަލްއަޤުވާމީ ގިނަ މުބާރާތްތައް ބާއްވައިގެން: ވަޒީރު

ރާއްޖޭގައި ކުޅިވަރުގެ ފޯރި ގެނެވޭނީ ބައިނަލްއަޤުވާމީ ގިނަ މުބާރާތްތައް ބާއްވައިގެން: ވަޒީރު

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ފޮޓޯ: ޕީއެސްއެމް

farudhun logo

ފަރުދުން

15 ޖުލައި 2025، 09:02

15 ޖުލައި 2025، 09:02

ރާއްޖޭގައި ކުޅިވަރުގެ ފޯރި ގެނެވޭނީ ބައިނަލްއަޤުވާމީ ގިނަ މުބާރާތްތައް ބާއްވައިގެންކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ޤައުމީ ވޮލީ ބޯޅަ މުބާރާތުގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވުމަށް ވަޑައިގެން، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ވަޒީރު ވިދާޅުވީ، ބައިނަލްއަޤްވާމީ މުބާރާތްތަކާއެކީ ރާއްޖޭގެ ކުޅުންތެރިންގެ ފެންވަރު ރަގަޅުވެ ކުޅިވަރުގެ ފޯރިގަދަވާނެކަމަށެވެ. އެގޮތުން ބައިނަލްއަޤުވާމީ ގޮތުން ލިބިގެންދާ ތަޖުރިބާތަކާއެކު ރާއްޖޭގެ ޓީމުތަކުގެ ފެންވަރު މިހާރު އެތައްގުނައަކުން މަތިވަމުންދާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފޯރީގަދަ ވޮލީ މުބާރާތްތައް ކުރިޔަށްގެންދަނީ ވޮލީ ޢާއިލާގައި މި ކުޅިވަރަށް އޮތް ލޯބި ބޮޑުކަމުންކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ބައިނަލްއަޤުވާމީ މުބާރަތްތަކުގެ ވާހަކަ ވަޒީރު ފާހަގަކުރެއްވިއިރު، ފަހަކަށް އައިސް ރާއްޖޭގައި ބައިނަލްއަޤުވާމީ ކުޅިވަރު މުބާރާތްތައް ބާއްވަމުން އަންނަ އަދަދު މި ވަނީ އިތުރުވާން ފަށާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން