Ads by Stelco

ޚަބަރު

އދ. އަތޮޅުގައި އިމިގްރޭޝަން އޮފީހެއް ޤާއިމްކުރުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކާއި ހަވާލުކޮށްފި

އދ. އަތޮޅުގައި އިމިގްރޭޝަން އޮފީހެއް ޤާއިމްކުރުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކާއި ހަވާލުކޮށްފި

އދ އަތޮޅުގައި އިމިގްރޭޝަން އޮފީހެއް ޤާއިމްކުރަން އެއްބަސްވުމުގައި ސޮއިކުރެވުން. ފޮޓޯ: އދ އަތޮޅު ކައުންސިލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ޖުލައި 2025، 05:22

15 ޖުލައި 2025، 05:22

އދ. އަތޮޅުގައި އިމިގްރޭޝަންގެ އޮފީހެއް ޤާއިމްކުރުމުގެ މަސައްކަތް މަހިބަދޫގެ ކުންފުންޏެއް ކަމަށްވާ މެޓްސްއާ މިއަދު ހަވާލުކޮށްފިއެވެ.

 މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މަހިބަދޫގައި ކަމަށް އދ. އަތޮޅު ކައުންސިލްގެ ރައީސް ޢަލީ ނަސީރު ވިދާޅުވެފައިވެއެވެ.

އަތޮޅު ކައުންސިލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް ޢަލީ ނަސީރާއި މެޓްސްގެ ފަރާތުން އެ ކުންފުނީގެ ވެރިފަރާތް ޢަލީ ރިޒާއެވެ. މި މަސައްކަތް އެއްކޮށް ނިންމުމަށް ދެވިފައިވަނީ އެންމެ މަހެއްގެ މުއްދަތެވެ.

އދ. އަތޮޅުގައި އިމިގްރޭޝަންގެ އޮފީހެއް ޤާއިމްކުރުމަކީ އެ ކައުންސިލްގެ މިއަހަރުގެ މަސައްކަތު ތާވަލްގައި ހިމަނައި ބަޖެޓް ކޮށްފައިވާ މަސައްކަތެކެވެ. މި އޮފީސް ޤާއިމްކުރެވި ޚިދުމަތް ދޭން ފެށުމުން، އަތޮޅުގެ ރައްޔިތުންނަށް އިމިގްރޭޝަންގެ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ލިބިގެންދާނެއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި ސިޔާސަތުގެ ދަށުން މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ވަނީ މިދިޔަ ނޮވެމްބަރު 16 ވަނަ ދުވަހު އިފްތިތާޙްކޮށްފައެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން